Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް

އޮފީސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވެމްކޯ އިން ހޯދައިފި

ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ޕޮލިސް އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2024 | ހޮނިހިރު 04:41
އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމުގެ ކުޅުންތެރިން

އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމުގެ ކުޅުންތެރިން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ އިންޓަރ އޮފީސް/ކޮމްޕެނީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ އިން ހޯދީ ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ޕޮލިސް އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް އިން ކާމިޔާބު ކޮށްފައި ވަނީ 25-17ންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ ޖެހިގެން ކުޅުނު ދެ ވަނަ ސެޓު 17-25ން ކާމިޔާބު ކޮށްފަ އެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ވެސް ވެމްކޯ އިން ކާމިޔާބު ކުރީ 21-25ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ޖޫޒާން ޒަރީރު އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ވެމްކޯގެ ޖޫޒާން، އައިޝަތު މާޖިދާ، ޕޮލިސްގެ ހައްވާ ރާޝިދާ، މަރިޔަމް އަޒުމާ، އާމިނަތު އަރީޝާ އަދި އިމިގްރޭޝަންގެ ނަރީމާ އިދުރީސް އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ވެމްކޯގެ ނުހާ ވަހީދު އެެވެ. އެންމެ މޮޅު ކޯޗަކަށް ވެމްކޯގެ އަޙުމަދު އަދީލް ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާ އެވެ.

ވެމްކޯ އިން ވަނީ މިއަހަރު ބޭއްވި ވީއޭއެމް ކަޕްގެ އިތުރުން، ޤައުމީ ލީގުގެ ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު