Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަލްވަރޭޒްގެ ނެތް!

26 ޑިސެމްބަރު 2023 | އަންގާރަ 03:44

ސިޓީ އާއެކު އަލްވަރޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2023 | އަންގާރަ 03:44
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ ދޫކޮށް އެހެން އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ މިއަހަރުގެ ޖަނަވަރީ މަހު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ، 2028 ވަނަ އަހަރު އެވެ. ސިޓީން އޭނާ ހޯދީ، މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގަައި، އާޖެންޓީނާ އާއެކު އަލްވަރޭޒް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ސިޓީގައި ވެސް ޒުވާން އަލްވަރޭޒް އަންނަނީ މޮޅަށް ކުޅެމުންނެވެ. ސިޓީގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލްވަރޭޒް ބުނީ، ހަގީގަތަކީ ސިޓީގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި ވަރަށް އުފަލުން ކަމަށެވެ. ސިޓީ އަށް އޭނާ ބަދަލުވިތާ އަދި މިހާތަނަށްވީ އަހަރަކާ ދުވަސްކޮޅެއްކަން ފާހަގަކޮށް އަލްވަރޭޒް ބުނީ، މިހާތަނަށް ސިޓީ އާއެކު ހޯދުނު ކޮންމެ ކާމިޔާބީއަކާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އިތުރަށް އޭނާ ބުނީ، މިހާރު އެންމެ ބޮޑު އަމާޒަކީ އަނެއްކާ ވެސް ސިޓީ އާއެކު އެ ހުރިހާ ކާމިޔާބީއެއް ތަކުރާރު ކުރުން ކަމަށެވެ. ސިޓީގައި އަލްވަރޭޒް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ، ބާސެލޯނާ އަދި ރެއާލް މެޑްރިޑުން ވެސް ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އަލްވަރޭޒް ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 75 މެޗުން 27 ލަނޑު ޖަހައިފަަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔޫރަޕުގެ ހުރިހާ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. އާޖެންޓީނާ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. މިހާތަނަށް އާޖެންޓީނާ އާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް، ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް މުބާރާތެވެ.

މެންޗެސްޓަރ ސިޓީހޫލިއަން އަލްވާރޭޒް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް