Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ލިވަޕޫލް މެޗުގެ ވާދަވެރިކަމުގެ ސަބަބުން އާޓެޓާ އަށް ހައިރާންކަމެއް!

އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ 20 އަހަރުވެފައިވާއިރު، އެއީ މިހާތަނަށް އޭނާ އަށް ފެނުނު އެންމެ ވަރުގަދަ އަދި އެންމެ ވާދަވެރި މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2023 | ހޯމަ 01:14
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ފެނުނީ، ވަރަށް ވާދަވެރި ކުޅުމެއް ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލިވަޕޫލްގެ އެންފީލްޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާ އާއެކު އާސެނަލް އަދިވެސް އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. ދެ ވަނައިގަައި އޮތީ ލިވަޕޫލް އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެއީ ފުޓުބޯޅައިގައި ޤަބޫލު ނުކުރެވޭ ފެންވަރުގެ މެޗެއް ކަމަށެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ 20 އަހަރުވެފައިވާއިރު، އެއީ މިހާތަނަށް އޭނާ އަށް ފެނުނު އެންމެ ވަރުގަދަ އަދި އެންމެ ވާދަވެރި މެޗު ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ދެ ޓީމުގެ ކުޅުމުގެ ފެންވަރާއި، ކުޅުންތެރިން މެޗަށް ތައްޔާރުވެފައި ތިބި ވަރާއި އަދި މޮޅުވާން އަޒުމު ކަނޑަ އަޅައިގެން ދެ ޓީމުން ދެއްކި ކުޅުމަކީ ވެސް ހައިރާންވާ ވަރުގެ ކުޅުމެއް ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. ޚާއްސަކޮށް މެޗުގައި އާސެނަލްގެ ކުޅުންތެރިން ތަފާތު ހިތްވަރެއް ކުރި ކަމަށާއި، ކުޅުންތެރިންނަށް އެތައް ތައުރީފެއް ޙައްގު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، މިއަދު އާސެނަލް އޮތް ހިސާބަށް އެ ޓީމަށް އާދެވުނީ އެތައް ތަޖުރިބާތަކަކުން ކަމަށެވެ. އާސެނަލް އިން ލީގަށް ވާދަކުރާތާ ޖެހިޖެހިގެން ދެ އަހަރު ވެއްޖެކަން ފާހަގަކޮށް އޭނާ ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގުގައި އާސެނަލްގެ އައު ކުޅުންތެރިން އަންނަނީ އެމީހުންގެ ފެންވަރު ސާބިތުކޮށްދެމުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް މިވަގުތު އާސެނަލް އޮތީ އެ މީހުން އޮންނަން ބޭނުންވާ ހިސާބުގައި ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުރިއަށް ދެން އޮތް ވެސްޓް ހޭމް މެޗަކީ ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، އެ މެޗަށް ފުރިހަމަ އަށް ތައްޔާރުވާން އިސްކަން ދޭނެ ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށް ވެސް އެ ޓީމު ވަނީ ވާދަކޮށްފަ އެވެ. މި ސީޒަންގެ ލީގަށް ވެސް އެ ޓީމު ވާދަކުރަމުން އަންނައިރު، ގިނަ އަހަރުތަކަށް ފަހު އާސެނަލް އަންނަނީ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރަމުންނެވެ.

އާސެނަލްލިވަޕޫލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު