Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީސީގެ ޖޮބް ފެއަރ

ގިނަ ފުރުސަތުތަކާއެކު އީސީގެ ޖޮބް ފެއަރ ފަށައިފި

ޖޮބް ފެއަރ އިން ހޮވޭ މީހުން ޖެނުއަރީ މަހު ވަޒީފާއަށް ނެރޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2023 | ހޮނިހިރު 12:52
ޖޮބް ފެއަރގެ ތެރެއިން

ޖޮބް ފެއަރގެ ތެރެއިން

ގިނަ ފުރުސަތުތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ޖޮބް ފެއަރ ފަށައިފިއެވެ.

ދަރުބާރުގޭގައި ޖޮބް-ފެއަރ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ވަނީ ފަށާފައެވެ. އަދި ރޭގަނޑު 10 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެެވެ. ހޯމަ ދުވަހު (23 ޑިސެމްބަރު) ވެސް ހެނދުނު 10ން ރޭގަނޑު 10ށް ޖޮބް ފެއަރ ކުރިއަށްދާނެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މި ޖޮބް ފެއަރ އިން އަލަށް ވަޒީފާއަށް އަންނަ ކުދިންނަށް ވެސް ތަފާތު ތަޖުރިބާއެއް ކުރެވިގެންދާނެ ކަމަށެވެ. އަދި މި ޖޮބް ފެއަރ އިން ވަޒީފާއަށް ހޮވޭ މީހުން، ޖެނުއަރީ މަހު ވަޒީފާއަށް ނެރޭނެ ކަމަށް ވިދާޅުވިއެވެ.

އީސީން ބުނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އެ ކޮމިޝަންގެ ޓާސްކް ފޯހުގައި މަސައްކަތް ކުރުމަށް 100 އަށްވުރެ ގިނަ މީހުން ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އިދާރީ އެކި މަސައްކަތްތަކަށް ބޭނުންވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޖޮބްފެއަރގައި ހުޅުވާލާފައި ވާކަމަށެވެ.

އެގޮތުން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރު، އެސިސްޓެންޓް މެނޭޖަރ، ސީނިއަރ އޮފިސަރ، ސީނިއަރ އޮފިސަރ މީޑިއާ، އަދި ސީނިއަރ އެޑިޓަރ ފޮޓޯގްރާފަރ ހިމެނެއެވެ. އަދި ގްރެފިކް ޑިޒައިނަރ، އޮފިސަރ، ޓެކް އޮފިސަރ، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް އޮފިސަރ، ސެކިޔުރިޓީ އޮފިސަރ، ޑްރައިވަރ އަދި މަސައްކަތު މީހުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން އިލެކްޝަނުން ބޭއްވުމަށް ތައްޔާރުވަމުންދާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 350 އެއްހާ މީހުން ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޖޮބް-ފެއަރގެ ތެރެއިން މި މަޤާމުތަކާގުޅޭ މަޢުލޫމާތު އިލެކްޝަންސްގެ އޮފިޝަލުން ފޯރުކޮށްދޭނެއެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑާއި، ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް ގެނައުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު