Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ - މައްސަލަ އާއި މެދު ކޮމިޓީން ގޮތެއް ނިންމުން މާދަމާ

އެ މައްސަލަ ގަވާއިދާއި އެއްގޮތް ކުރުމަށް ކޮމިޓީ އަށް އަނބުރާ ފޮނުވާލެއްވިކަން ވަނީ އިޢުލާންކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޑިސެމްބަރު 2023 | ހުކުރު 13:05
މަޖިލިސް އަދި ކެބިނެޓް

މަޖިލިސް އަދި ކެބިނެޓް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް 23 ޑިސެމްބަރުވާ ހޮނިހިރު ދުވަހު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އެ ބައްދަލުވުން އެޖެންޑާކޮށް މެމްބަރުންނަށް އެކަން އަންގާފައެވެ.

މީގެ ކުރިން މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ޖަލްސާ އަށް އެޖެންޑާކުރިއެވެ. އެއީ ނިމިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަނެ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން ނެގުމަށްފަހު ރުހުން ދިނުން އަނބުރާ ކޮމިޓީ އަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެ މައްސަަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލެއްވީ މިދިޔަ ހޯމަ ދުވަހު މަޖިލިސް ފެށުމާއި އެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނިޒާމާއި ބެހޭ މައްސަލަ އެއް ނަންގަވާ ފާހަގަކުރެއްވި ކަންކަމަށް ބެއްލެވުމަށް ފަހުގައެވެ. އޭނާ އެ ނިޒާމީ ނުކުތާ ނެންގެވީ ހޯމަ ދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ގުޅޭގޮތުންނެވެ. އެ ނިޒާމީ ނުކުތާ ބަލައިގަތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރުމަށް ފަހުގައެވެ. އެގޮތުން ކުރި މަޝްވަރާތަކަށް ފަހު އެ މައްސަލަ ގަވާއިދާއި އެއްގޮތް ކުރުމަށް ކޮމިޓީ އަށް އަނބުރާ ފޮނުވާލެއްވިކަން ވަނީ އިޢުލާންކުރައްވާފައެވެ. އެ ޖަލްސާ އާއި ހަމައަށް ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާވެސް ނުވެއެވެ.

ރުހުންދިނުމުގެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތް މަޖިލީހުގެ ހިންގާ ޤަވާއިދުގެ 200 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ކޮމިޓީގެ ރިޕޯޓް އޮންނަންޖެހޭ ގޮތް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް އެދި، ނުވަތަ މަޝްވަރާ އަށް އެދި، ނުވަތަ ލަފައަށް އެދި ފޮނުވާކަމަކާއި ގުޅޭގޮތުން، ކޮމިޓީ އަށް 2 ގޮތަކަށް ގޮތް ނިންމިދާނެކަމަށެވެ. ނަމަވެސް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ނޮވެމްބަރ 17 2023ގައި އައްޔަންކުރި ވަޒީރުންގެ ކިބައިގައި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް އެކަންޏެވެ. އެ ރިޕޯޓްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކުރުން މަނާކަންކަމުގެ ގޮތުގައި ބަޔާންކުރާ ކަމެއް އެއިން ބޭފުޅަކު ކުރައްވަމުންވެސް ނުގެންދަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ރުހުންދިނުމަށް ފެންނަ ކަމަށް އަދި ނޫންކަމަށް ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓްގައި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަން ނުވަތަ ނޫންކަން ސާފުކޮށް ނެތުމުން ރުހުން ދިނުމުގެ މައްސަލަތަކުގައި ކޮމިޓީން އެކުލަވާލާ ރިޕޯޓުގައި ހިމެނެންޖެހޭ ކަންކަން ކޮމިޓީގެ ނިންމުމުގައި ސާފުކޮށް ނިންމާފައިނުވާކަން ފާހަގަކޮށްލެވެއެވެ. ކޮމިޓީ އަށް ރިޕޯޓް ފޮނުވާލެއްވީ އެކަންކަން އިސްލާހުކުރެއްވުމުގެ ގޮތުންނެވެ.

ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިއްބަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އާއި މެދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްުޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ގޮތެއް ނިންމާފައި ވަނީ 10 ޑިސެމްބަރު 2023ގައި އޮތް އެ ކޮމިޓީގެ 09 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންނަށް ރުހުން ދިނުން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

14 އޮކްޓޯބަރު 2024
ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި
09 ޖޫން 2024

ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި

09 ޖޫން 2024
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
05 ފެބުރުއަރީ 2024

ރުހުން ނުދިން 3 ވަޒީރުން އަލުން މަގާމަށް އައްޔަނުކުރުމާއި ދެކޮޅަށް ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި

05 ފެބުރުއަރީ 2024
ރުހުން ނުދިން 3 ވަޒީރުން އަލުން މަގާމަށް އައްޔަނުކުރުމާއި ދެކޮޅަށް ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި
02 ފެބުރުއަރީ 2024

ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުން މުޅި ދުނިޔޭގައި ވެސް ޤަބޫލުކުރާނީ ލަދުވެތިކަމެއްގެ ގޮތުގައި - އީސަ

02 ފެބުރުއަރީ 2024
ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުން މުޅި ދުނިޔޭގައި ވެސް ޤަބޫލުކުރާނީ ލަދުވެތިކަމެއްގެ ގޮތުގައި - އީސަ
01 ފެބުރުއަރީ 2024

މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އާއްމުންނާއި މެންބަރު ޝަހީމްގެ ކިބައިން އީސަ މަޢާފަށް އެދިވަޑައިގަންނަވައިފި

01 ފެބުރުއަރީ 2024
މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އާއްމުންނާއި މެންބަރު ޝަހީމްގެ ކިބައިން އީސަ މަޢާފަށް އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު