Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް

އެއާޕޯޓު ޕޮލިސް ''ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް'' ހުޅުވައިފި

މި ޚިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވިތަނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޑިސެމްބަރު 2023 | ހުކުރު 04:52
އެއާޕޯޓު ޕޮލިސް ''ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް'' ހުޅުވުން

އެއާޕޯޓު ޕޮލިސް ''ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް'' ހުޅުވުން

މާލެއާއި އެއާޕޯޓާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ފޯރުކޮށްދެމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" އެއް އެއާޕޯޓު ޕޮލިހުގައި ގާއިމުކޮށްފިއެވެ.

އެއާޕޯޓް ޕޮލިހުން އިސްނަގައި މެރިން ޕޮލިހުގެ އެހީތެރިކަމާއެކު މި ގާއިމުކުރި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ރަސްމީކޮށް ހުޅުވައިދެއްވީ ހެޑް އޮފް މެރިން ޕޮލިސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް އެއާޕޯޓު ޕޮލިސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު އާއި އެއާޕޯޓު ޕޮލިހުގެ މުވައްޒަފުންނާއި މެރިން ޕޮލިހުގެ މުވައްޒަފުން ބައިވެރިވިއެވެ.

Advertisement - newsAdvertisement

އެއާޕޯޓު ޕޮލިސް އޮފީސް އިމާރާތުގައި ރެސްކިއު އެކިއުޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ހުޅުވައިދެއްވައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކައިގައި، މި ޚިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކާއި އިންސިޑެންޓުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދިޔަ ވަރަށްބޮޑު ބާރަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި މިކަމަކީ ފުރާނަ ސަލާމަތްކުރުމަށް މޫދަށް ފުންމާލާ މީހާ އަދި އެއްގަމުގައި ހުރެގެންވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ މަގެއްކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން މިކުރަމުންދާ މަސައްކަތްތަކަށް ވެގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މިކަމަކީ މީގެ ފެށުންކަމަށް ބަލައި އެއާޕޯޓާއި މާލެއާއި ހުޅުމާލެ ސަރަހައްދަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައި އޮތް ސަރަހައްދަކަށްވެފައި އަދި މި ސަރަހައްދަކީ ކުދިބޮޑު އެންމެން މޫދަށް އެރިއުޅޭ އަދި މޫދުގެ އެކިއެކި ކުޅިވަރުތަކަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާތީ މި ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި މި ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ފަރާތްތަކަކުގެ ރައްކާތެރިކަމަށް މިފަދަ އިތުރު ޕޮއިންޓުތައް ގްރޭޓަރ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ސަލާމަތަށާއި ރައްކާތެރިކަމުގެ ގޮތުން ކުރެވިގެންދާނެ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު