Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޕްލޭން ފެއިލްވެ، އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި 10 ޓީމު

ފުރަތަމަ ޑިވިޝަނުގެ އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ: އެފްއޭއެމް

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 15:54
ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން

ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމުގެ ޕްލޭން ފެއިލްވެ، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ހިމަނަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން މީގެ ތިން އަހަރު ކުރިން ޕްލޭންކޮށް އިއުލާނުކުރީ އަންނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރެމިއާ ލީގު ކުޅުމަށެވެ. މިކަމަށްޓަކައި ހއ. އިން ފެށިގެން މ އަތޮޅާ ހަމައަށް ކޮލިފިކޭޝަން މެޗުތައް ވެސް ކުޅުނެވެ. ނަމަވެސް މާލީ ހާލާތާއި އިދާރީ ހިންގުން ބޮއްސުންލައި ކޮލިފިކޭޝަން ހުއްޓި އެފްއޭއެމުގެ ޕްލޭން ވަނީ ފެއިލްވެފަ އެވެ. އެ ޕްލޭންގައިވާ ގޮތުން އަތޮޅުތެރެއިން ކޮލިފައިވާ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއެކު އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގުގައި ކުޅޭނީ 12 ޓީމެވެ. އެއީ މިހާރު ވެސް ލީގުގައި އޮތް އަށް ޓީމާއެކުގަ އެވެ.

ނަމަވެސް މިހެންވެ މިހާރު ނިންމާފައިވަނީ އަންނަ އަހަރު ލީގުގައި 10 ޓީމު ހިމަނައިގެން ކުޅޭގޮތަށެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލްގައި ކުޅޭ ދެ ޓީމެވެ. މިކަމަށްޓަކައި ދެ ވަނަ ޑިވިޝަނުގެ ގަވާއިދަށް ބަދަލު ގެންނަންޖެހޭނެ އެވެ. އެއީ ލީގުގެ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ޗެމްޕިއަން ޓީމު އެކަނި ކަމަށްވާތީ އެވެ.

އެފްއޭއެމުގެ މި އަހަރުގެ ޕްރެމިއާ ލީގު ފެށީ މި އަހަރު އެއްވެސް ޓީމެއް ރެލިގޭޓްނުކުރާ ގޮތަށް ކުލަބުތަކަށް އެންގުމަށްފަހު އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދިވެހި ޕްރިމިއާ ލީގު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު