Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ބޭނުމެއް ނުވޭ

ސްޕެއިންގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ބާސެލޯނާ އިން އަންނަނީ ލެވަންޑޯސްކީ ވިއްކާލުމަށް ތައްޔާރުވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 01:02
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ކުލަބު ދޫކޮށްލަން ބޭނުންނުވާ ކަމަށް، އޭނާގެ އެޖެންޓް ބުނެފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނކް ދޫކޮށް ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ އަށް ބަދަލުވެ، މިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

އެގޮތުން މިދިޔަ ސީޒަންގަައި ބާސެލޯނާ އަށް ކުޅެދިން 46 މެޗުން އޭނާ ވަނީ 33 ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. ނަމަވެސް، މި ސީޒަންގައި ލެވަންޑޯސްކީގެ ފަރާތުން ބާސެލޯނާގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ، އޭނާ އަށް ކުލަބުގެ ސަޕޯޓަރުންގެ ފާޑު ކިޔުން ވެސް އަމާޒުވެ އެވެ. މި ސީޒަންގައި ބާސެލޯނާ އަށް ކުޅެދިން 20 މެޗުން އޭނާ ޖަހާފަައި ވަނީ ނުވަ ލަނޑެވެ.

ދާދި ފަހުން ސްޕެއިންގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ބާސެލޯނާ އިން އަންނަނީ ލެވަންޑޯސްކީ ވިއްކާލުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް، ލެވަންޑޯސްކީގެ އެޖެންޓް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާގެ އެޖެންޓް ޕިނީ ޒަހާވީ ބުނީ، ލެވަންޑޯސްކީގެ ކުރިމަގު އޮތީ ބާސެލޯނާ އާއެކު ކަމަށެވެ. އޭނާ ބުނީ، ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ބޭނުންނުވާ ކަމަށާއި، ލެވަންޑޯސްކީ ހުންނާނީ ބާސެލޯނާގައި ކަމަށެވެ. ލެވަންޑޯސްކީ އާމެދު ބާސެލޯނާ އިން ހިތްހަމަ ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ލެވަންޑޯސްކީ ވެސް ހުރީ ބާސެލޯނާގައި ހިތްހަމަ ޖެހިގެން ކަމަށެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެންމެ ބޮޑަށް ބަރޯސާވާ ކުޅުންތެރިންގެ ތެރޭގައި ވެސް ލެވަންޑޯސްކީ އަކީ ހިމެނޭ ކުޅުންތެރިޔެކެވެ. މިފަހުން ލެވަންޑޯސްކީގެ ކުޅުން ދަށްވާ މައްސަލައިގައި ވެސް ޒަވީ ވަނީ ލެވަންޑޯސްކީ ދިފާއު ކޮށްފަ އެވެ. ޒަވީ ބުނީ، އެއްވެސް ކުޅުންތެރިޔަކަށް އަބަދު އެއް ފެންވަރެއްގައި ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، ލެވަންޑޯސްކީ އާމެދު އޭނާ އަށް އިތުބާރު އޮންނަ ކަމަށެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު