Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނަސް ރައީސް މުއިއްޒަށް އިތުބާރު ކުރެެވެން ނެތް: ޖަމީލް

ޔާމީނަށް ލުއިތައް ނުދޭން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 05:09
ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. ޖަމީލް

ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް އިތުބާރު ކުރެެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އިތުރު ލުޔަށް އެދިވަޑައިގެންނެވުމުން އެ ލުއިތައް ނުދެވޭނެ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ބުދަ ދުވަހު މީދިއާތަކުން ވަނީ ރިިޕޯޓު ކޮށްފައެވެ. މިކަމާ ގުޅިގެން ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރައީސް މުއިއްޒުގެ އަމަލުފުޅުން އެމަނިކުފާނަށް ދުވަހަކުވެސް އިތުބާރު ނުކުރެވޭނެ ކަމަށް ސާބިތުކޮށްދެއްވާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ކަރެކްޝަނުން ޔާމީނަށް އިތުރު ލުއިތައް ނުދިނުމަށް ނިންމި ނިންމުމަކީ ސީޔާސީ ނިންމުމެއްކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ޕީޕީއެމަށާއި ޔާމީނަށް އެމަނިކުފާނުގެ އަސްލު ސޫރަ ދައްކަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުއްވި ނަމަވެސް، އެމަނިކުފާނަށް އިތުބާރު ކުރެވެން ނެތްކަން މިހާރު އެނގޭކަމަށް ވިދާޅުވިއެވެ.

'ތިބާއަށް އިތުބާރު ކުރާ މީހަކަށް ދޮގު ނަހަދާށެވެ. އަދި ދޮވެރިޔަކަށް ދުވަހަކުވެސް އިތުބާރު ނުކުރަން އޮންނަ ބަސް ހާދަތެދޭ!'ޖަމީލް ކުރެއްވި ޕޯސްޓުގައި ހިއްސާ ކުރެއްވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ފަހަތަށް ޖެހި ބިރުގަންނަ ބަޔަކަށް އީމާންތެރި ނުވާނެ ކަމަށާއި ޔާމީން މިނިވަން ވަންދެން އަޑުއުފުއްލަވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ކަރެކްޝަންސްގައި އެދިވަޑައިގެންނެވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް އިތުރު ލުއިތައް ދެއްވުމަށެވެ. މިހާރު އެމަނިކުފާނަށް ދީފައިވާ ލުއިތަކާއެކު ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ މަނާ ކަމެކެވެ. މީގެ ކުރިން ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވުމުންނާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފައްދާ ޕީއެންއެފްގެ އޮފީހަށް ވަޑައިގަތުމުން އެ މައްސަލަ ވެސް ކަރެކްޝަންސް އިން ތަހުގީގު ކުރާ ކަމަށް ބުންޏެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނަށް ލުއިތައް ދެއްވައި ގޭބަންދަށް ބަދަލުކޮށްފައިވަނީ ކުރީ ސަރުކާރުން 1 އޮކްޓޯބަރުގައެވެ. އެ ލުއިތަކުގެ އިތުރަށް އެއްވެސް ލުޔެއް މިހާތަނަށް އެމަނިކުފާނު ދީފައިނުވާ ކަމަށް އެމަނިކުފާނާ އަރިސް ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑރ. މުޙައްމަދު ޖަމީލް އަޙުމަދުކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު