Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނީ ފަންނުގެ ޤާނޫނު

ޤާނޫނީ ފަންނުގެ އިތުބާރު ގެއްލޭގޮތަށް ވަކީލުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައްވެސް ދެން ބެލޭނެ

ޤާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަކީ އުސޫލުގެ މަޤްސަދެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2023 | އަންގާރަ 07:21
ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދޫކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދޫކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ސުލޫކީ މިންގަނޑާ ޚިލާފުވާ ވަކީލުންގެ މައްސަލަ ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގައި އަމަލުކުރާނެ އިޖުރާއަތަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަށް ކިޔަނީ "އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލު" އެވެ.

މި އުސޫލުގެ މަޤްސަދުތަކަށް ބަލާއިރު ޤާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ޤާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމުގެ ގޮތުން އެކުލަވައިލައިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އެޅުން ހިމެނެއެވެ.

އޭގެ އިތުރުން، އާންމު މަޞްލަޙަތާ ގުޅުންހުރި މައްސަލަތަކުގައި މީސްމީޑިއާއާއި އެހެނިހެން ޕްލެޓުފޯމުތަކުގައި ޤާނޫނީ ވަކީލަކު ދައްކާ ވާހަކައަކުން ނުވަތަ ޝާއިޢުކުރާ ލިޔުމަކުން ނުވަތަ ފޮޓޯއަކުން ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެފަދަ ފަރާތެއްގެ މައްސަލައެއް ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ފަންނުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންވެސް އުސޫލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއްގައި ޤާނޫނީ ވަކީލުން ޢަމަލުކުރުމަށް އެކުލަވައިލައިފައިވާ ގަވާއިދަކާ ޚިލާފު ޢަމަލެއް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާނަމަ، އެފަދަ މައްސަލަތައްވެސް އަމިއްލަ އިސްނެގުމުގެ މަތިން ބެލޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި އުސޫލުގެ ދަށުން ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަން ކަނޑައަޅާ މައްސަލައަކީ އެ މައްސަލައެއްގެ ޢަމަލު ހިނގިފަހުން 2 އަހަރުދުވަސް ވެފައިވާ މައްސަލައަކަށް ވެގެން ނުވާނެކަމަށްވެސް މި އުސޫލުގައި ބުނެއެވެ.

ބާ ކައުންސިލްގާނޫނީ ވަކީލުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން: މަހާޒް

14 މެއި 2025
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން: މަހާޒް
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
13 އެޕްރީލު 2025

ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށްފި

13 އެޕްރީލު 2025
ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށްފި
27 ފެބުރުއަރީ 2025

"ޖޭއެސްސީން ފަނޑިޔާރުން ވަކިކުރީ ސަރުކާރާއި ގުޅިގެން، ރޭވިގެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވުމަށް"

27 ފެބުރުއަރީ 2025
"ޖޭއެސްސީން ފަނޑިޔާރުން ވަކިކުރީ ސަރުކާރާއި ގުޅިގެން، ރޭވިގެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވުމަށް"
27 ފެބުރުއަރީ 2025

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް

27 ފެބުރުއަރީ 2025
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު