Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާގެ ހާލަތު

"އޮސްލޯ އެކޯޑްސްއިން ޣައްޒާ މިނިވަން ނުކުރޭތަ؟": ޣައްޒާގެ ކޮންޓްރޯލް ޕީއޭއަށް ނެގިދާނެބާ؟

1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު ފަލަސްޠީނުގެ ދަޢުލަތް އުފެދިގެން ދިއުމަކީ ފަލަސްޠީނު ރައްޔިތުން ކުރަމުންދާ އުންމީދެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 08:12
ފަލަސްތީނުގެ ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އަލް ޝައިޚް

ފަލަސްތީނުގެ ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އަލް ޝައިޚް

ފަލަސްޠީނު މިނިވަން ކުރުމުގެ ވާހަކައަކީ އިއްޔެއަކު މިއަދު ދައްކަން ފެށި ވާހަކައެއް ނޫނެވެ. ޔަހޫދީންގެ ނިރުބަވެރި އިސްތިޢުމާރީ އަޅުވެތިކަމުގެ ވަކިތަކުން ފަލަސްޠީނުގެ ބިންތަކާއި، އެ ބިމުގެ ޙަޤީޤީ ވަޒަންވެރިން މިނިވަން ކުރުމުގެ ވާހަކަދައްކާތާ މިހާރު ޤަރުނަކާ ގާތް ވަނީއެވެ. ދެއްކެނީ ހައްތަހާވެސް ވާހަކައެވެ. ޢަމަލީ ގޮތުން ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، އޮކްޓޯބަރ 7 ވަނަ ދުވަހަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ފަދަ ލާއިންސާނީ ޤަތުލުޢާންމެއް، ޔަހޫދީން ހިންގަން ފެށި ދުވަހެވެ. ނަސްލު ދޮވެލުމަށް ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށީ، ފަލަސްޠީނުގައި އުފެދުނު ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރެއިން، މީގެ އަހަރުތަކެއް ކުރިން ޣައްޒާގެ ކޮންޓްރޯލް ނެގި ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނަމުންނެވެ.

އިޒްރޭލުގެ ޢުދުވާންތައް ދެމަހަށް ވުރެ ދިގުލައި ގޮސް، 3 ވަނަ މަހަކަށް އެޅުމާ ދިމާއަށް މިޞްރާބު ޖަހާފައި ވާ އިރު، އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމަށް ފަލަސްޠީނުގެ މައި ސަރުކާރު ނުވަތަ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިންވެސް މާ ބޮޑު މަސައްކަތެއް ކުރާތީ ފެނެއެކޭ ނުދެންނެވޭނެއެވެ. ކަން މިހެން އޮތް އިރު، އިޒްރޭލުގެ ޤަތުލުޢާންމު ހުއްޓުމަކަށް އައުމުން، ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ގެންގުޅޭ ސިޔާސަތުތައް ފެއިލްވެފައިވާ މައްސަލައަށް، ޙަމާސް ޖަމާޢަތްވެސް ހިމެނޭހެން، ފަލަސްޠީނުގެ ސިޔާސީ ހުރިހާ ފެކްޝަނަކުން ސީރިއަސް ކަމާއެކު ވިސްނަން ޖެހޭ ކަމަށް ޕީއޭގެ އިސް އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ.

މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވަނީ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް، ޙުސައިން އަލް-ޝައިޚް، ހުޅަނގު އައްސޭރީގައި ހުންނަވައިގެން ދެއްވި ބަސްދީގަތުމެއްގައެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ޝައިޚްއަކީ ޢައްބާސްއަށް ފަހު ފަލަސްޠީނުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ސިޔާސީ ޝަޚްސެވެ. ޝައިޚްގެ މި ވާހަކަތަކަކީ، ޙަމާސްގެ އުސޫލުތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން، އޮކްޓޯބަރ 7 ވަނަ ދުވަހަށް ފަހު ޕީއެލްއޯގެ ލީޑަރަކު ފާޅުގައި ވިދާޅުވި ފުރަތަމަ ވާހަކަތަކެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން ވަނީ އިޒްރޭލު ސިއްސުވާލި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އިޒްރޭލުން 1200 އެއްހާ މީހުންގެ ފުރާނަ ގެއްލިދިޔަ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ޖާސޫސީ ބާރުތަކުގެ ލިސްޓަށް ބަލާއިރު އެންމެ ބޮންތީގައި އޮތް އިޒްރޭލަށް ނޭނގި، ޣައްޒާގެ ބިންގަރާސްތަކުގައި އޮޕަރޭޓް ކުރާ ކަމަށް ބުނާ ޖަމާޢަތަކަށް ޙަމަލާއެއް ދެވިދާނެތޯ ސުވާލު އުފައްދަން ޖެހެއެވެ. ފަހަރުގައި، އެ ޙަމަލާއަކީ ޣައްޒާ ހަފުސް ކުރުމަށް އިޒްރޭލުން ދެއްކި އުޒުރަކަށްވުންވެސް ގާތެވެ. އެ ޙަމަލާގެ ރައްދުގައި ކަމަށް އިޒްރޭލުން ޤަތުލުޢާންމު ހިންގަން ފެށިފަހުން ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 20000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ބައިލައްކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާ އިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގެ 90 ޕަސެންޓް މީހުންނަކީ މިއަދު ގެދޮރު ގެއްލިފައި ވާ ރެފިއުޖީންނެވެ.

ޝައިޚް އިތުރަށް ވިދާޅުވި ގޮތުގައި އޮސްލޯ ސުލްޙައިގެ އެއްބަސްވުމުން ކޮށައިދޭ ސިޔާސީ ރާސްތާ އޮތް ގޮތުން، ފަލަސްޠީނުގެ ރައްޔިތުން ފަސްޖައްސުވާއެވެ. އަދި މި ވަގުތު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، އޮސްލޯ ސުލްޙައިގެ އެއްބަސްވުމުން، ފަލަސްޠީނު ރައްޔިތުންގެ އަމާޒުތަކާއި މަޤްޞަދުތައް ހާސިލުކޮށް ދޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ. 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު ފަލަސްޠީނުގެ ދަޢުލަތް އުފެދިގެން ދިއުމަކީ ފަލަސްޠީނު ރައްޔިތުން ކުރަމުންދާ އުންމީދެކެވެ.

ޝައިޚްއާއި ޢައްބާސް ވަނީ ރާމައްލާއަށް ވަޑައިގެންނެވި އެމެރިކާގެ ވައިޓްހައުސްގެ އިސް އޮފިޝަލެއް ކަމަށް ވާ ޖޭކް ސަލިވާންއާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވާފައެވެ. ހުޅަނގު އައްސޭރި، ޣައްޒާ އަދި އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ފުރިހަމަ ޙައްލެއް ހޯދުމަށް އިސްރާއީލަށް ވިސްނައިދިނުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން އައު މަސައްކަތެއް ކުރަން ޖެހޭ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން، ސަލިވާންއަށް ދެންނެވި ކަމަށް ޝައިޚް ވަނީ ހާމަ ކުރައްވާފައެވެ.

ފަލަސްޠީނު ރައްޔިތުންގެ ޝަރުޢީ މަންދޫބަކީ ޙަޤީޤަތުގައިވެސް ޕީއޭ ކަމަށާ، ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމާއެކު އެ ރަށުގެ ކޮންޓްރޯލް ނެގުމަށްވެސް ޕީއޭ އޮތީ ތައްޔާރަށް ކަމަށް ޝައިޚް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި ޕީއޭގެ މަޤުބޫލުކަން މިހާރު ގެއްލިފައި ވާ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ޕީއޭ ވަނީ ކޮރަޕްޓްވެ، ޑިމޮކްރަސީގެ އުސޫލުތަކުން ބޭރުވެ، ޢާންމުންނާ ގުޅުން ކެނޑިފައި ކަމަށް ފަލަސްޠީނުގެ ގިނަ ބަޔަކު ޤަބޫލު ކުރާ އިރު، ޕީއޭގެ ޒިންމާތައްވެސް އަލުން މުރާޖާ ކުރަން ޖެހިފައި ވާ ކަން ޝައިޚް ވަނީ ފާހަގަ ކުރައްވާފައެވެ.

ޕީއޭ ބަލިކަށި ވެފައި ވަނީ އިޒްރޭލު އަސްކަރިއްޔާގެ ރެއިޑްތަކާއި، ޔަހޫދީން އާބާދު ކުރުމަށް ހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ކަމަށްވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

ޢައްބާސް ވަނީ މިދިޔަ އަހަރު ޝައިޚް ޕްރޮމޯޓް ކުރައްވާފައެވެ. އެ ކުރިއެރުމާއެކު ޝައިޚްއަކީ މިއަދު ޕީއެލްއޯގައި 2 ވަނައަށް އެންމެ ބާރުގަދަ ސިޔާސީ ޝަޚްސެވެ. ޕީއެލްއޯއަކީ ފަލަސްޠީނުގެ ސިޔާސީ ފެކްޝަންތައް އެއްތަން ކުރާ ކުޑައެކެވެ. އެ ކުޑަ ދަށުގައި ޙަމާސް ޖަމާޢަތެއް ނުހިމެނެއެވެ.

ޣައްޒާފަލަސްތީނުފަލަސްތީނުގެ ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އަލް ޝެއިޚްދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު