Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާގެ ކުޑަކުދިން

ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދާ ކުދިންނަށް 'އަންނޯން' ޓެގު!

މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 03:22
ޣައްޒާގެ ޔަތީމް ކުއްޖެއް އެހެން ދެކުދިންނާއެކު ހޮސްޕިޓަލުގައި

ޣައްޒާގެ ޔަތީމް ކުއްޖެއް އެހެން ދެކުދިންނާއެކު ހޮސްޕިޓަލުގައި

ކުޑަކުއްޖަކަށް މި ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާ ތަނަކީ އިޒްރޭލުގެ މުށްދަށުލާފައި އޮތް ޣައްޒާއެވެ. މިއީ ދެބަސް ވާނެ ޖާގަ ނެތް ޙަޤީޤަތެވެ. ޣައްޒާގެ ފަސްގަނޑުގައި ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ހިންގުމުގައި ޔަޙޫދީން މެކުހަށް ޖަހާފައި ވާ އިރު، އެންމެ ބޮޑު އަނިޔާއެއް ތަޙައްމަލު ކުރަނީ ކުޑަކުދިންނެވެ. އެންމެ ހިތްދަތި ޙާލުގައި ދުވަސްތައް ބަރުދާސްތު ކުރަމުން ދަނީވެސް ހަމަ މި ދެންނެވި ކުޑަކުދިންނެވެ. އުފަލާއި، މަޖަލާއި، ހިތްހަމަޖެހުމާއި، ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ކުޑަތަކުގެ ދަށުގައި އުޅެންވީ ދުވަހު، ޣައްޒާގެ ކުޑަކުދިންނަށް ޙަޔާތުގެ ދުވަސްތައް ގުނަން މަޖުބޫރު ވެފައި ވަނީ ކޮންމެ ސިކުންތަކުވެސް މި ދުނިޔެއާ ވަކިވެ ހިނގައިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް  ޔަތީމުވެދާނެ ކަމުގެ ބިރުން ހިތް ނުތަނަވަސް ކުރުވާ ޙާލުގައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 20000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ޒަޚަމްވީ މީހުންގެ ޢަދަދު އުޅެނީ ބައި ލައްކައަށް ވުރެ މަތީގައެވެ. މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޢުދުވާންތަކުގައި ޒަޚަމްވެ، ބޮޑެތި އަނިޔާތަކާއެކު ހޮސްޕިޓަލުތަކަށް ގެންދެވޭ ކުދިންނަކީ އެންމެ ހިތްދަތި ޙާލުގައި ދުވަސްތައް ގުނަން ޖެހޭ ކުދިންނަށް ވެދެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން މި ދުނިޔޭގައި މިއަދު ހުރި ހަމަ އެކަނި ކުއްޖަކީ އެއީ ކަމުގައިވާ އެތައް ކުދިންނެއް ޣައްޒާގައި އެބަ ތިއްބެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި މަންމައާއި ބައްޕަ މި ދުނިޔެ ދޫކޮށް، އެކަނި މައި އެކަނި ޙަޔާތުގެ ބާކީ ދުވަސްތައް ގުނަން ޖެހިފައި ވާ ކުދިންގެ ޢަދަދު މަދެއް ނޫނެވެ.

އެތައް ކުދިންނެއް ހޮސްޕިޓަލުތަކަށް ގެންދެވޭ އިރު، ގިނަ ފަހަރު، އެއީ ކޮން ޢާއިލާއެއްގެ ކުއްޖެއްކަން ނޭނގޭ ފަހަރުވެސް އާދެއެވެ. އެފަދަ އެކަކީ، ޢުމުރުން އެންމެ 10 އަހަރުގެ ރަޒާން ޝަބާތުއެވެ. ޣައްޒާގެ މެދު ތެރޭގައި ހިންގާ ހޮސްޕިޓަލަކަށް ރަޒާން ގެންދިއުމާއެކު އޭނާގެ މަޢުލޫމާތު ރެކޯޑް ކުރަމުން ދިޔައީ "ކާކުކަން ނޭނގޭ" މީހުންގެ ޓެގު އަޅުވައިގެންނެވެ. ޝަބާތުއާއި އޭނާގެ 2 ކޮއްކޮއަކީ އިޒްރޭލުގެ ޢުދުވާންތަކުގައި އެ ޢާއިލާއިން ސަލާމަތްވި ހަމަ އެކަނި 3 ފުރާނައެވެ. މަންމައާއި ބައްޕަގެ އިތުރުން، އެއްބަނޑު އެއްބަފާ އަނެއް 2 ބެންވެސް މި ދުނިޔެއާ ވަކިވެ ދިޔައީއެވެ.

ރަޒާން ތާ އަބަދުވެސް އޭނާގެ ޢާއިލާ މަތިން ހަނދާން ކުރެއެވެ. ޢާއިލާއާއެކު ހޭދަކުރި ދުވަސްތަކުގެ ހަނދާން އާވެ، އެ ދުވަސްތަކަށް އަނބުރާ ދިއުމަށް އުންމީދުވެސް ކުރެއެވެ. ރަޒާންގެ ބޮޑުބޭބެގެ އަންހެނުން ކިޔައިދިން ގޮތުގައި، ރަޒާންގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ 2 ބެން މި ދުނިޔޭގައި ނެތްކަމެއް ރަޒާންއަކަށް އަދި ނާންގައެވެ.

"ކާކުކަން ނޭނގޭ" މީހުންގެ ޓެގު އަޅުވައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ރަޒާންގެ ވަނަވަރު ޑޮކްޓަރުންނަށް އެނގުނީ އެތައް ދުވަހެއް ފަހުންނެވެ. އެއީ ރަޒާންގެ ބޮޑުބޭބެއެއް، އޭނާ ދެނެގަތް ހިސާބުންނެވެ.

ރަޒާންގެ ޑޮކްޓަރު، ޑރ ޔޫނިސް އަލް-އަޖުލާ ބުނި ގޮތުގައި، އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލަށް ކޮންމެ ކުއްޖަކު ގެނެވުމާއެކު އެކުއްޖެއްގެ ފައިލްތަކުގައި ހޮސްޕިޓަލުގެ މުވައްޒަފުން ޖަހަނީ "އަންނޯން" ނުވަތަ ކާކުކަން ނޭނގޭ މީހެއް ކަމަށެވެ. އެއީ ޒަޚަމްތަކާއެކު ގެނެވޭ ކުދިންގެ ނަންވެސް ގިނަ ފަހަރު ނޭނގޭތީއެވެ. އެއީ ކޮންކޮން ކުދިންނެއްކަން ދެނެގަނެވެނީ، ޢާއިލާތަކުން އެކަން ކޮށްދޭ ހިސާބުންނެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ޖޭމްސް އެޑްލަރ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ޢުދުވާންތަކުގެ ސަބަބުން ޣައްޒާގައި ޔަތީމުވެފައިވާ ކުދިންގެ ސީދާ ޢަދަދު ދެނެގަތުން މިގުތު ދައްޗެވެ. ނަމަވެސް ޢާއިލާގެ މެންބަރުން މި ދުނިޔެއާ ވަކިވެ ގޮސްފައިވާ ކުދިންނަށް ރައްކާތެރި މާޙައުލުތަކާއި ހިޔާތައް ހޯދައިދިނުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން ދާ ކަމަށްވެސް އެލްޑަރ ވަނީ ވިދާޅުވެފައެވެ.

ދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު