Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްމަޓީ ބަންދުން ދޫކޮށްލުން

ރާއްޖެއިން ލިބެން އޮތް ފަރުވާއަކަށް އައްމަޓީ ބޭރަށް ފޮނުވުމާ ޕީޖީ އޮފީހުން ދެކޮޅު

18 ޑިސެމްބަރު 2023 | ހޯމަ 11:08

ކްރިމިނަލް ކޯޓުގެ ނިންމުން، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމަށް ދައުލަތުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޑިސެމްބަރު 2023 | ހޯމަ 11:08
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް, ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)ން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކުރިއަށްގެންގޮސްފިއެވެ.

އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 16 ޖޫން 2021 ދުވަހު ބޭއްވި އަޑުއެހުމެއްގައި ވަނީ، ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

Advertisement - newsAdvertisement

މި އަމުރު މުރާޖައާކުރުމަށް އެދި އައްމަޓީގެ ފަރާތުން 29 ނޮވެންބަރު 2023ގައި އެދުމުން، އަމުރު މުރާޖައާކޮށް 06 ޑިސެންބަރު 2023 ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރެފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އަމުރު ނެރުއްވަން އެދިވަޑައިގަންނަވާ ސަބަބުތައް ކިޔައިދެއްވާފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއްކަމަށް ބެލެވޭތީއާއި، އަހުމަދު މޫސާ މުހައްމަދުގެ އާއިލާ ދިރިއުޅެނީވެސް ސްރީލަންކާގައި ކަމަށް ފާހަގަ ކޮށްފައިވާތީ، އޭނާއަށް އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އޭގެ އިތުރުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަހުމަދު މޫސާ މުހައްމަދުގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ހާލަތު ބަދަލުވެފައިވާކަމަށް ޝަރީއަތަށް ބުރަވެވޭތީ ކަމަށްވެސް ކޯޓުން މައުލޫމާތު ދެއެވެ.

ދައުލަތުގެ އިސްތިއުނާފު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެ ނުކުތާތަކުގެ މައްޗަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރު މުރާޖައާކޮށް ނިންމި ގޮތް، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށެވެ.

އެ މާއްދާގައި އޮންނަނީ، މަތީ މަރުހަލާގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކުން އަމަލުކުރަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ، އެ ހާލަތުގައި ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސަބަބުން އައްމަޓީ މިހާރު ހުރީ މުޅިން ބަންދުން މިނިވަންވެފައިކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމުގެ ސަބަބުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަން ދައުލަތުގެ ހެކިތަކާއި، މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގޭކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އައްމަޓީ ކުރިންވެސް ލަންކާއަށް ގޮސް ހުއްޓައި ގެނެވުނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުންވެސް ވަކި ދުވަސްތަކެއްވަންދެން މަޑުކޮށްގެން ހުއްޓައި، ވިސާގެ މުއްދަތު ހަމަވުުމުންކަމަށެވެ.

ދައުލަތުން ވަނީ ފިލާފާނެކަމަށް ބެލެވޭ މީހެއްގެ އަތްމައްޗަށް އޭނާގެ ޕާސްޕޯޓު މުތުލަގަށް ދޫކުރި ކުރުމަށްވެސް އަލިއަޅުވާލައްވައި، އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

އައްމަޓީގެ ފަރާތުންވެސް ވަނީ އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ދައުލަތުން ދަށު ކޯޓުގައި ދައްކާފައިނުވާ ވާހަކަތައް ހައިކޯޓުގައި ދައްކާފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ފަނޑިޔާރުން ވިދާޅުވީ، ވަގުތީ އަމުރާމެދު ނިންމަވާ ގޮތެއް ދެފަރާތަށްވެސް އަންގަވާނެ ކަމަށާއި، ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައާ ގުޅިގެން ހައިކޯޓުން ގޮތެއް ނިންމަވާނެކަމަށެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް