Advertisement
ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 13:46
ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ސޯޝަލްމީޑިއާ
ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން ދޫކޮށްލުން
ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި
ޔުނާން ދޫކޮށްލީ 14 ޑިސެންބަރު 2023 ވީ ބުރާސްފަތި ދުވަހު ހުޅުމާލޭ ކޯޓުން
އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންދުކޮށްފައިހުރި ފިލްމީ ތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި މައްސަލަ، ހޯމަ ދުވަހު އިސްތިއުނާފު ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީ)ން ބުނެފިއެވެ.

މިމައްސަލައާ ގުޅިގެން ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށްފައިވަނީ 04 އޮކްޓޫބަރު 2020ގައެވެ. އަދި ދައުވާކުރީ ޑިސެމްބަރު 2020ގައެވެ. އެ މައްސަލާގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. އަދި ރިހުލާ ވަނީ 3 މާޗް 2023ގައި ގޭބަންދަށް ބަދަލުކޮށްފައެވެ.

14 ޑިސެންބަރު 2023 ވީ ބުރާސްފަތި ދުވަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. އޭނާއަށް ކޮށްފައިވާ ޝަރުތުތަކަކީ؛ ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުން، ކުޑަކުދިންނަށް އެކްސެސް ނުވުން ދަރިން ހިމެނޭ ގޮތުން (އެކްސެޕްޓް ނިއުބޯން ބޭބީ)، ވިކްޓިމްސްއާ އެއްވެސް ގޮތަކަށް މުއާމަލާތު ނުކުރުން، ދިރިއުޅޭ ތަން ކޯޓަށް އެންގުން، މާލެއިން ނުވަތަ ރާއްޖެއިން ފުރައިގެން ދާނަމަ ކޯޓުގެ ހުއްދަ ހޯދުން، އަދި މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުން ހިމެނެއެވެ.

Advertisement

ޔުނާން ދޫކޮށްލި މައްސަލައާ ގުޅިގެން ޕީޖީން ބުނީ މިމައްސަލަ ހޯމަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔުނާން ބަންދުން ދޫކޮށްލުމާ ގުޅިގެން ދައުލަތުން އެކަމަށް އިއުތިރާޒުކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް