Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް އިންތިޚާބު

ބައްސާމް އިސްތިއުފާނުދީ މިނިވަން އިންތިޚާބެއް ބޭއްވިދާނެތަ؟

އެފްއޭއެމް އިންތިހާބުގެ ކަންކަން ކުޅިވަރާ ބެހޭ ވަޒީރާއި ކަމިޝަނަރ އޮފް ސްޕޯޓްސް ބައްލަވަންޖެހޭ

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2023 | ހޯމަ 07:07
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މައްސަތައް ފުނިޖެހި، ވަރަށް ބޮޑަށް ދަރަނިވެރިވެ، އެފްއޭއެމް ނުހިނގަން ފެށުމުން ޕްރެޝަރު ބޮޑުވެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލެއްވީ އައު އިންތިޚާބަކަށެވެ. ޚިޔާނާތުގެ ތުހުމަތުގައި ފާއިތުވެދިޔަ އަށެއްކަ އަހަރު ރައީސްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާ ކުރިމަތިނުލައްވާނެ އެވެ. ސުވާލަކީ ޚިޔާނާތުގެ ތުހުމަތު އޮތް ވަރަށް ބަލާއިރު އެފްއޭއެމުގެ މިނިވަން އިންތިޚާބެއް ބޭއްވިދާނެތޯ އެވެ؟

އައު އިންތިހާބަކަށް ބައްސާމް ގޮވާލެއްވި ސަބަބަކީ ކޮބާ ހެއްޔެވެ؟ ބޭނުމަކީ އޭނާ އަށް ތުމަތުކުރެވިފައިވާ ބޮޑެތި މައްސަލަތަކުން ނިކަން އަވަހަށް އެއްފަރާތްވެލުމެވެ. އެހެންވީމާ ބައްސާމް ކުރިމަތި ނުލެއްވިޔަސް އޭނާގެ ފަރާތުން "ގޮނޑިކޮއްކޮ" ކެނޑިޑޭޓަކު ނެރުއްވާނެ އެވެ. ބައްސާމް ކުށްވެރިވާނެކަމެއް އޮތްނަމަ ނުވަތަ ނުގަވާއިދުން އެފްއޭއެމުން ކޮށްފައިވާ ކަންކަމަށް ފަސް އަޅައި ފޮނުވައިދޭނީ ދެން އިންތިޚާބުވާ ގޮނޑިކޮއްކޮ ރައީސެވެ. ފެންނަ ފެނުމަށް މިހާރުގެ އަމާޒަކީ ވެސް އެއީ އެވެ. ބައްސާމް އިސްތިއުފާ ނުދީ، މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ފުރަތަމަ ސަބަބަކީ މިއީ އެވެ.

ދެ ވަނަ ސަބަބަކީ އިންތިޚާބުގެ ކަންކަން ތަރުތީބު ކުރުމަށް އެފްއޭއެމުގައި ތިބީ ބައްސާމްގެ އަރިސް މީހުން ކަމުގައިވުމެވެ. އިދާރީ ހިންގުން ނައިބް ރައީސް އަލީ އުމަރާއި ދާދި ފަހުން ބައްސާމް އައްޔަންކުރި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފްގެ ބެލުމުގެ ދަށުން ހިނގާނެ ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށްދާނީ އިލެކްޓޯރަލް ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ބައްސާމް އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ. މިއީ ބައްސާމް އެފްއޭއެމުގެ އިސްތިއުފާ ނުދެއްވާ އެފްއޭއެމުގެ ހިންގުމާ ދުރަށް ވަޑައިގަތްވާހަކަ އެވެ. އެކަމަކު މިދިޔަ ހަތް އަހަރު ޓްރާންސްޕޭރަންޓްނުވި ބަޔަކު ކުއްލިއަކަށް ދެފުށް ދައްކާނެ ހެއްޔެވެ؟ އިދާރީ ގޮތުން އަދިވެސް ތަންހިންގުމުގައި އިންތިހާބު އިންތިޒާމްކުރަން އެތިބީ ބައްސާމް ކުރިކަމެއްވިއްޔާ އެކަމެއްގައި ބައިވެރިވި އެންމެނެވެ.

އިންތިޚާބު އިއުލާނުކުރިތާ ދެ ދުވަސްވާއިރު އެފްއޭއެމުން އިލެކްޓޯރަލް ކޮމިޓީގެ މެމްބަރުން އިއުލާނެއް ނުކުރެ އެވެ. އެކޮމިޓީގައި ތިބެނީ ކިތައް މީހުން ކަމަށާއި އެއީ ކިހިނެތް، ކޮންއިރަކު އައްޔަންކުރި ބައެއްކަންކަން ވެސް ބުނެ ނުދެ އެވެ. ހަގީގަތަކީ އެފްއޭއެމުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު އެއްވެސް ކޮމިޓީއެއް އެކުލަވާލައިނެތް ކަމެވެ. ކަން މިހެން އޮތުމުން އިލެކްޓޯރަލް ކޮމިޓީ މިވަގުތު ނަގަންޖެހޭނީ ކުލަބުތަކުގެ މެދުގައި މަޝްވަރާކޮށްގެންނެވެ. އަދި މިކަމަށް ކަމާގުޅުންހުރި އިދާރާތައް ވެސް ބައިވެރިކުރާންޖެހެ އެވެ.

ސަބަބަކީ އިލެކްޓޯރަލް ކޮމިޓީއަކީ އެފްއޭއެމުގައި އަބަދު ގޮނޑިއަޅައިގެން ތިބޭ ބަޔަކަށްނުވާނެތީ އެވެ. އެކޮމިޓީން ބަލަހައްޓާ ހުރިހާ ލިޔެކިއުމެއް ބޭނުންއިރަކު އެފްއޭއެމުގެ އެތެރޭގައި ތިބި ބަޔަކަށް ނުވަތަ ބައްސާމްގެ ޓީމަށް ބެލޭނެ އެވެ. ލިޔެކިއުން ބަދަލުވެސް ކުރެވިދާނެ އެވެ. ކުރަންވެސް ކުރާނެކަން މީގެ ކުރިން 2016 ވަނަ އަހަރުގެ އެފްއޭއެމްގެ އިންތިހާބުގައި އޮތީ ސާބިތުކޮށްދީފަ އެވެ. އެކަން ނުވާނެ ކަމުގެ ޔަގީންކަމެއް އެފްއޭއެމަށް ނުދެވޭނެ އެވެ.

މިއަދާ ހަމައަށް ކުރިމަތިލާ ކެނޑިޑޭޓުން އަމަލުކުރަންވީ ގޮތުގެ ސާފު މަގެއް އެފްއޭއެމުން ދައްކައިނުދެ އެވެ. ހުށަހަޅަންވީ ކޮން ލިޔެކިއުމެއްކަން އާއްމުންނަށް ވެސް ނޭނގެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ހިންގަން ހަވާލުވާ މީހާ ފުރިހަމަކުރަންޖެހޭ ކަންކަމާއި އެފްއޭއެމް ހިންގަން އަންނަ މީހުންގެ ކިބާގައި ހުންނަވީ ކޮން ސިފަތަކެއްކަމާއި ޝަރުތުތަކެއް ވެސް އެފްއޭއެމުން ނުބުނެ އެވެ. އިންތިހާބު ހިނގާނެ ގޮތުގެ އުސޫލެއް ވެސް ނެތެވެ. މިއިން ކަމެއް އެނގުނިއްޔާ އެނގެނީ ވެސް ބައްސާމް ވަށައިގެން ތިބި އޭނާ މީހުންނަށް އެކަންޏެވެ.

އެކަމަކު ރާއްޖޭގެ ރިއާސީ އިންތިހާބުގައި ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަން ނުދޭހާ ގިނަ ވަގުތު އެފްއޭއެމަށް ކުރިމަތިލުމާއި އިންތިހާބާ ދެމެދު ބާއްވައި އެބައޮތެވެ. މިފަދަ ސުވާލުތަކަކީ ބައްސާމް އިސްތިއުފާ ނުދީ އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ހެކިތަކެވެ. މިއީ ކަމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ ވަޒީރާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ވެސް ބަލަންޖެހޭ ކަންކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު