Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލް ސްޓަރ އެވޯޑު 20 މުވައްޒަފަކަށް

މިއީ 2017 އިން ފެށިގެން ދެމުން އަންނަ އެވޯޑެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޑިސެމްބަރު 2023 | އާދީއްތަ 08:16
ބީއެމްއެލް ސްޓާ އެވޯޑު ލިބުނު މުވައްޒަފުން

ބީއެމްއެލް ސްޓާ އެވޯޑު ލިބުނު މުވައްޒަފުން

މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޭ 'އެމްޕްލޯއީ ސްޓަރ އެވޯޑްސް' 20 މުވައްޒަފަކަށް ދީފިއެވެ.

އެ ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑު ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާލް ސްޓުމްކައެވެ.

ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއްކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެއީ ތައުލީމާއި، ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަނގަކޮށް ދޭ އެވޯޑެއް ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ އެވޯޑާއެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަނގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބީއެމްއެލުން އެމްޕްލޯއީ ސްޓަރ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސަރވިސް އެވޯޑްސް' ވެސް އެ ބޭންކުން އަންނަނީ ދެމުންނެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް