Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޗެލްސީ އާއި ނިއުކާސަލް މޮޅު

ނިއުކާސަލް އާއި ގަދަ ހަތަރަކާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 ޑިސެމްބަރު 2023 | އާދީއްތަ 02:41
ޕަލްމާގެ ލަނޑަށްފަހު ޗެލްސީ ކުޅުންތެރިން

ޕަލްމާގެ ލަނޑަށްފަހު ޗެލްސީ ކުޅުންތެރިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް މޮޅުވެ, ތާވަލްގައި ކުރިއެރުމެއް ހޯދައިފިއެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ, ތާވަލްގެ 10 ވަނަ އަށް ވަނީ ޖެހިލާފައެވެ. ޝެފީލްޑްގެ މައްޗަށް ޗެލްސީން ކުރިހޯދީ 2-0 ނެވެ. މެޗުގައި ޗެލްސީގެ ދެ ލަނޑު ޖެހީ ކޯލް ޕަލްމާއާއި ނިކޮލަސް ޖެކްސަން އެވެ. ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖެހުމަށްފަހު ދެވަނަ ލަނޑު ޖަހަން ފުރުޞަތު ތަވަނަސްކޮށްދިނީވެސް މެންޗެސްޓަރ ސިޓީން ޗެލްސީ އަށް ބަދަލުވު ޒުވާން ޕަލްމާ އެވެ. އޭނާ ވަނީ މިސީޒަންގައި ޗެލްސީއަށް ކުޅުނު 19 މެޗުން 13 ގޯލް ޖެހުމުގައި ސީދާ ގޮތުން ބައިވެރިވެފައެވެ. ކޯޗު ޕޮޗެޓީނޯ ވަނީ މެޗަށްފަހު ކޯލް ޕަލްމާ އަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައެވެ. ޕޮޗެޓީނޯ ބުނީ އެއީ ގޯލް ޖެހުމާއި, ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނުމުގައިވެސް މޮޅު ކުޅުންތެރިއެއް ކަމަށެވެ. ޗެލްސީ 10 ވަނާގައި އޮތީ 17 މެޗުން 22 ޕޮއިންޓާ އެކުއެވެ.

ނިއުކާސަލް ޔުނައިޓެޑް ވަނީ 3-0 ން ފުލަމް ބަލިކޮށް, ހަ ވަނަ އަށް ޖެހިލާފައެވެ. އެއީ 17 މެޗުން 29 ޕޮއިންޓާ އެކުއެވެ. ފުލަމް ކޮޅަށް ނިއުކާސަލްގެ ފުރަތަމަ ލަނޑު ޖެހީ 17 އަހަރުގެލެވިސް މިލޭ އެވެ. ދެވަނަ ލަނޑު ޖެހީ އަލްމިރޯން އެވެ. އަދި ތިންވަނަ ލަނޑު ޖެހީ ބާން އެވެ. ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މެޗުގެ ބޮޑުގައި ފުލަމް ކުޅުނީ ދިހަ ކުޅުންތެރިންނާ އެކުއެވެ. އެއީ 22 ވަނަ މިނެޓުގައި ހިމެނޭޒް އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ ސީން ލޯންގްސްޓާފް އަށް ކުރި ނުރައްކާތެރި ޗެލެންޖަކާ ގުޅިގެންނެވެ. ނިއުކާސަލް ހަ ވަނާގައި އޮތީ 29 ޕޮއިންޓާ އެކުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު