Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ސޮއި ހަމަކޮށްފި، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހު ހުށަހަޅަނީ

16 ޑިސެމްބަރު 2023 | ހޮނިހިރު 04:03

ސޮއި ކުރި ކުލަބުތަކުގެ ތެރޭގައި މީގެ ކުރިން ބައްސާމަށް ތާއީދު ކޮށްގެން ތިބި ކުލަބުތައް ވެސް ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2023 | ހޮނިހިރު 04:03
ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމުން ބައްސާމް އަދީލް ޖަލީލް ދުރުކުރުމަށް ބޭނުންވާ އަދަދަށް މެމްބަރު ކުލަބުތަކުގެ ސޮއި ހަމަކޮށްފި އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ލިބިފަައިވާ ގޮތުގައި ސޮއި ހަމަކޮށް، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހު ހުށަހަޅާނެ އެވެ. ބައްސާމްގެ އިތުބާރު ނެތް ކަމަށް ގިނަ ކުލަބުތަކުން ސޮއި ކޮށްފައިވާއިރު، އޭގެ ތެރޭގައި މީގެ ކުރިން ބައްސާމަށް ތާއީދު ކޮށްގެން ތިބި ކުލަބުތައް ވެސް ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު ގްރީން ސްޓްރީޓްސް އަދި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ހިމެނެ އެވެ.

ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފެށީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މިހާރު މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤު (ޓޮމް) އެވެ. އެކަން އިއުލާން ކުރައްވައި ޓޮމް ވިދާޅުވެފައި ވަނީ، ފުޓުބޯޅަ އަށް ކިރިޔާ ވެސް ކުލުނެއް ހުރިނަމަ، ރީތި ގޮތަކީ ބައްސާމް އިސްތިއުފާ ދެއްވުން ކަމަށެވެ. މިދިޔަ އޮކްޓޫބަރު މަހު ޓޮމް ވަނީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި، އެ އިދާރާގެ ރައީސްކަމަށް ވާދަކުރައްވާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

މާލީ ގޮތުން ބޮޑު މައްސަލަތަކެއް ކުރިމަތިވެ، މިވަގުތު އެފްއޭއެމް އޮތީ ބޮޑު އަނދަވަޅެއްގެ ތެރޭގަ އެވެ. އެފްއޭއެމްގެ މާލީ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އޮކްޓޫބަރު އެ އިދާރާ އަށް ވަދެ، ބަލައި ފާސް ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެއަށްފަހު ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ފުލުހުން ވަނީ ގެންގޮސްފަ އެވެ. ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އިދާރާގެ ވެރިންނާއި, އެ އިދާރާގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ. މައްސަލަ ތަހުގީގު ކުރަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތަށެވެ. ނަމަވެސް ތުހުމަތުތަކަށް އެފްއޭއެމްއިން އިންކާރު ކުރެ އެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ހިމެނޭ ގޮތަށް އެ އިދާރާގެ ވެރިންގެ މައްޗަށް ދައުވާކުރެވޭނެ ހެކި ލިބިފައިވާ ކަމަށެވެ. އެ ތަހުގީގުގައި އެންމެ އިސް ތުހުމަތު ކުރެވެނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކަމަށް ވެސް ޕީޖީ ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް