Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަން ކުރުމުގެ މައްސަލަ

ލައްކައަކަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނަގާފައިވާ ނޭޕާލު މީހަކު މުދަލާއެކު ހައްޔަރުކޮށްފި

އޭނާ އަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2023 | ހޮނިހިރު 02:52
ފުލުހުން

ފުލުހުން

ސްޕޮންސަރަށް ފިލައިގެން އުޅުނު ނޭޕާލު މީހަކު ވަގަށް ނަގާފައިވާ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ މުދަލާއެކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ޕްރިތިވީ މިޖާރްއެވެ. އޭނާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް، އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ. ދެ ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ދަށުން، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވެއެވެ.

ދައުލަތުގެ ވަކީލު ވަނީ މީނާ ވަގަށް ނެގި މުދަލުގެ އަގު އެއްލައްކަރުފިޔާއަށްވުރެ މަތިކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ ވިސާގެ މުއްދަތު ހަމަވެފައިވާ އިރު، އޭނާ އަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށް ދައުލަތުގެ ވަކީލު ބުނެފައިވެއެވެ. އަދި އޭނާގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވާއިރު، މައްސަލަ ބައްލަވާނެ ގާޒީއެއް އައްޔަންކުރެވިފައި ނުވާތީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ބައްލަވާ ގާޒީ ގޮތެއް ނިންމުމަކީ، އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ފެންނާތީ އޭނާ މީގެކުރިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު