Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުން 33 ގައުމަކަށް ވިސާ ހުޅުވާލުން

އީރާނުން 33 ގައުމަކަށް ވިސާ ހުޅުވާލައިފި

2016 ވަނަ އަހަރު ކަނޑާލި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް ދެގައުމުން ވަނީ މަސައްކަތް ފަށާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 16:10
އީރާން އަދި ސައޫދީ ދިދަ

އީރާން އަދި ސައޫދީ ދިދަ

ސައޫދީ އަރަބިއްޔާ ހިމެނޭހެން 33 ގައުމެއްގެ ރައްޔިތުންނަށް ވިސާޔާ ނުލާ އީރާނަށް އެތެރެ ވެވޭގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ.

ކެބިނެޓް ބައްދަލް ވުމަކަށް ފަހު ނޫސް ވެރިންނާ ބައްދަލް ކުރައްވަމުން އީރާންގެ މިނިސްޓަރ އޮފް ޓުއަރިޒަމް އިއްޒަތުﷲ ޒަރްޣާމީ ވިދާޅުވީ ގައުމުގެ ދޮރުތައް މުޅި ދުނިޔެއަށް ހުޅުވާލުމަށް ސަރުކާރުން ބޭނުންވާ ކަމުގައެވެ. އިސްލާމިކް ރިޕަބްލިކެއް ކަމަށްވާ އީރާނުން ބޭނުންވަނީ މެހްމާންދާރީ އިތުރަށް ފުޅާކޮށް ފަސޭހައިން އެގައުމަށް ޒިޔާރަތް ކޮށް ހެދުމަށް މަގުފަހި ކޮށް ދިނުމަށް ކަމަށް ވިދާޅުވެފައި ވެއެވެ.

ސެމީއޮފިޝަލް ނިއުސް އެޖެންސީ "އިސްނާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިބަދަލާއެކު 45 ގައުމު އަދި ޓެރިޓަރީގެ މީހުންނަށް މިހާރު ވިސާނެތި އިރާނަށް އެރޭނެއެވެ. އަދި ދުނިޔޭގެ އެހެން ގައުމު ތަކާވެސް ގުޅިގެން ކުރިޔަށް ދާން އީރާނުން ބޭނުންވާކަން މިކަމުންވެސް ހާމަވާ ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ބުނެފައި ވެއެވެ.

އީރާންގެ ވިސާ ގަވާއިދަށް ގެނެވުނު ބަދަލުގެ ދަށުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ،އަދި ޤަތަރު ގެ ރައްޔިތުންނަށް ވެސް ވިސާ އާއި ނުލާ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން އަދި މިހާތަނަށް ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައި ނުވާ ބަހްރެއިންގެ ރައްޔިތުންނަށް ވެސް ވަނީ ވިސާއާ ނުލައި އީރާނަށް ދަތުރު ކުރެވޭ ގޮތަށް ހަދާފައެވެ.

އޮމާން ގެ ރައްޔިތުންނަށް ކުރިންވެސް އޮތީ އީރާނުން ވިސާ ހުޅުވާލާފައެވެ.

އިސްނާ އިން ވަނީ މިފަހަރު ވިސާ ހުޅުވާލެވުނު ގައުމުތަކުގެ ލިސްޓް ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ލުބްނާން،ތޫނިސް، އިންޑިޔާ ގެ އިތުރުން ސެންޓްރަލް އޭޝިޔާ އަދި އެފްރިކާގެ ބައެއްގައުމުތަކާއި މުސްލިމް ބައެއް ގައުމުތައް ހިމެނެއެވެ.

އީރާން އާއި ސައޫދީ އަރަބިއްޔާ އަކީ އަވަށްޓެރި ދެގައުމު ނަމަވެސް ދެގައުމު ދެމެދު އޮތީ ބޮޑުނުތަނަވަސް ކަމެއް އުފެދިފައެވެ. އަދި ސައޫދީ ރައްޔިތުންނަށް ވިސާ ފްރީ ކޮށް ދިނުމަކީ މިކަން ނިމުމަކަށް ގެނެސް ދެގައުމު ދެމެދު އޮތް ގުޅުން ތައް ރަގަޅު ކުރުމަށް އެޅިފިޔަވަޅެއް ކަމަށް ވެސް ބެލެވެއެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ޑިސެމްބަރު 19 ވަނަ ދުވަހު އީރާންގެ އުމްރާވެރިން އަލުން ސައޫދީ އަށް ދަތުރު ކުރާނެއެވެ.

ޗައިނާ މެދުވެރި ވެގެން ބޭއްވުނު މަޝަވްރާތަކަކަށް ފަހު ސައޫދީ އަރަބިއްޔާއާއި އީރާނުން މިދިޔަ މާރަޗް މަހު ވަނީ، 2016 ވަނަ އަހަރު ކަނޑާލި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމް ކުރުމަށް އެއްބަސް ވެފައެވެ. އަދި ހުކުރުދުވަހުވެސް ވަނީ އެކަމާބެހޭ ބައްދަލް ވުންތަކެއް ބާއްވާފައެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު