Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލުން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ޔޫނިއަންތަކުގެ ވެރިން ރައީސް ބައިޑަންއަށް ގޮވާލައިފި

މި ނިއުސް ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވްސް ކޯރީ ބުޝް އާއި ރާޝިދާ ޠަލައިބު އެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 13:00
ޔުނައިޓެޑް އޮޓޯ ވޯކާސް ޔޫނިއަންގެ ރައީސް ޝޯން ފައިން، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ

ޔުނައިޓެޑް އޮޓޯ ވޯކާސް ޔޫނިއަންގެ ރައީސް ޝޯން ފައިން، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ

ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ބާރުއެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ޕްރެޝަރ ކުރުމަށް އެމެރިކާގެ ކެޕިޓަލްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވި ނޫސްކޮންފަރެންސެއް ގައި ނުފޫޒުގަދަ ލޭބާ ލީޑަރުން ބައިވެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް އޮޓޯ ވޯކާސް (ޔޫއޭޑަބްލިއު) އާއި ޔުނައިޓެޑް އިލެކްޓްރިކަލް ވޯކާސް އަދި އެމެރިކަން ޕޯސްޓަލް ވޯކާސް ޔޫނިއަންގެ މަންދޫބުން ބުނީ އެ މީހުންގެ އިލްތިމާސް ފްރޭމްކޮށްފައި ވަނީ  ގައުމާއި ގައުމުން ބޭރުގައި އިންސާނީ ހައްގުތަކަށް ތާއީދުކުރާ މަސައްކަތްތެރިންގެ ހަރަކާތްތަކުގެ ދިގު ތާރީހެއްގެ ދަށުން ކަމުގައެވެ.

ޔޫއޭޑަބްލިއުގެ ރައީސް ޝައުން ފައިން ވިދާޅުވި ގޮތުގައި ޔޫނިއަންތަކުން ހުރިހާ ބާވަތެއްގެ ނަފްރަތާއި ފޯބިއާ، ނަސްލީ ތަފާތުކުރުން، ސެކްސިޒަމް، އެންޓި ސެމިޓިޒަމް، ހޯމޯފޯބިއާ، އިސްލާމްފޯބިއާ ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ތާއީދު ކުރާނެއެވެ.

"މިހާރު މިއޮތީ އަޅުގަނޑުމެން އިންތިޚާބުކުރި އެހެން ލީޑަރުން އިސްނަގައިގެން ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންވީ ވަގުތު." ޝައުން ފައިން ވިދާޅުވިއެވެ.

މި ނިއުސް ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވްސް ކޯރީ ބުޝް އާއި ރާޝިދާ ޠަލައިބު އެވެ. އިސްރާއީލުގެ އަސްކަރީ ޙަމަލާތަކުގެ ތެރެއިން މިހާތަނަށް ޣައްޒާގައި ފަލަސްޠީނުގެ 18،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

"އެކްޓިވިސްޓެއްގެ ހައިސިއްޔަތުން އަދި އޯގަނައިޒަރެއްގެ ހައިސިއްޔަތުން  އަދި ކުރީގެ ޔޫނިއަން މެމްބަރެއްގެ ފަޚުރުވެރި އަންހެން ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެނގޭ ކޮންމެ ގިލްޑެއްގެ ވެސް އަސާސީ މެސެޖަކީ ރައްޔިތުންނާ އެކު ތެދުވެ، އެ މީހުންގެ ކަރާމާތަށް ޓަކައި މަސައްކަތް ކުރުމާއި އެންމެ ނިކަމެތިންގެ ހައްގުގައި ވަކާލާތު ކުރުން،" ޕްރެސް ކޮންފަރެންސްގައި ބުޝް ވިދާޅުވި އެވެ.

ކޮންގްރެސް ގެ މެންބަރުންނާއި ލޭބަރ ލީޑަރުން ވެސް މި  ޕްރެސް ކޮންފަރެންސް ބޭނުންކުރެއްވީ ޔޫނިއަންތަކުގެ ސިޔާސީ ބާރު ގަދަކަން ހާމަކުރުމަށެވެ.

މިސާލަކަށް ޔޫއޭޑަބްލިއުއަކީ ގާތްގަނޑަކަށް 400،000 އެކްޓިވް މެމްބަރުން ތަމްސީލުކުރާ ޖަމިއްޔާއެއް ކަމަށްވާއިރު، އެމެރިކަން ޕޯސްޓަލް ސަރވިސް ޔޫނިއަންގައި 330،000 މަސައްކަތްތެރިން އެބަތިއްބެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ގޮވާލުމަށް ބައިޑަން އިޖާބަ ނުދެއްވައިފިނަމަ ވޯޓު ފޮށިން ބައިޑަންއަށް އޭގެ ނަތީޖާ ނުކުންނާނެ ކަމުގެ އިޝާރާތެއް ވެސް އެ ފަރާތްތަކުން ވަނީ ދީފައެވެ.

އެމެރިކަން ޕޯސްޓަލް ވޯކާސް ޔޫނިއަންގެ މަންދޫބެއް ކަމަށްވާ ޖޫޑީ ބިއާޑް އިޝާރާތް ކުރައްވާ ގޮތުގައި އެކަމަނާގެ ޖަމިއްޔާއިން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުން އެމެރިކާގެ އާންމުންގެ މެދުގައި ފުޅާ ވިސްނުމެއް ފެނިގެން ދޔައެވެ.

އެމެރިކަން ޕޯސްޓަލް ވޯކާސް ޔޫނިއަނުން އެންމެ ފުރަތަމަ ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާކަން އިއުލާނުކުރީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ބައިޑަން އަކީ އެމެރިކާގެ ތާރީހުގައި ވެސް ޔޫނިއަންއަށް އެންމެ ތާއީދު ކުރާ ރައީސެއް ގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސިފަ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ޔޫއޭޑަބްލިއު އާއި އެމެރިކަން ޕޯސްޓަލް ވޯކާސް ޔޫނިއަންގެ ތާއީދު އޭނާއަށް ލިބުނު އިރު، 2024 ވަނަ އަހަރު އަލުން އިންތިހާބުވުމަށް އޭނާ ވާދަކުރައްވާއިރު، ހަނގުރާމަ ހުއްޓާލުމަށް ގޮވާލިގޮވާލުމަށް އޭނާ އިޖާބަ ނުދެއްވައިފިނަމަ ޔޫނިއަންތައް އެކަހެރިވެދާނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1200 މީހުން މަރުވުމާ ގުޅިގެން އިސްރާއީލަށް "ދިފާއުވުމުގެ ހައްގު"  ލިބިގެންވާ ކަމަށް ވިދާޅުވެ ޑިމޮކްރެޓިކް ރައީސް ބައިޑެން ގެންދަވަނީ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ އަސްކަރީ ޙަމަލާތަކަށް ފާޑުވިދާޅުވުމަށް ފަސްޖެހިވަޑައިގަންނަވަމުންނެވެ.

ނަމަވެސް އޭގެ ފަހުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މުޅި އަވަށްތައް ސުންނާފަތިވެ ބިމާ ހަމަކޮށްފައިވާއިރު، އދ.ގެ ތަޖުރިބާކާރުން ވަނީ ފަލަސްތީނުގެ ބިމުގައި "ޖަރީމާހިންގުމުގެ ނުރައްކާ ބޮޑު" ކަމަށް އިންޒާރު ދީފައެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައިޑަން ވެސް ވަނީ "ނުހައްގުން ބޮން އެޅުމުން" އިސްރާއީލަށް އާންމުންގެ ތާއީދު ގެއްލޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ބައިޑަންގެ އަމިއްލަ ޕާޓީގެ ތެރޭގައިވެސް ހިމެނޭ ގިނަ ބަޔަކު ދަނީ އިސްރާއީލަށް ބައިޑެން ތާއީދު ކުރައްވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ކޮންގްރެސްގެ ގާތްގަނޑަކަށް 62 މެމްބަރަކު ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި ކަމަށް ވާތު ފިކުރުގެ ސިޔާސީ ޖަމާއަތެއް ކަމަށްވާ ވޯކިން ފެމިލީސް ޕާޓީން ބުނެއެވެ.

ރޮއިޓާސް އިން މިދިޔަ މަހު އާންމުކުރި ޕޯލްއަކުން ވެސް ދައްކާ ގޮތުގައި އެމެރިކާގެ 68 ޕަސެންޓް މީހުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކޮށްފައެވެ. ޑިމޮކްރެޓުންގެ މެދުގައި އެކަނި ވެސް އެ އަދަދު އެއަށް ވުރެ ވެސް ބޮޑެވެ.

2024 ވަނަ އަހަރުގެ ރިޔާސީ ރޭސް ކައިރިވަމުން އަންނައިރު، އަރަބި އަދި މުސްލިމް އެމެރިކާގެ ބޮޑެތި މުޖުތަމައުތައް ހިމެނޭ މިޝިގަން ފަދަ މުހިންމު ސްވިންގް ސްޓޭޓްތަކުގައި ބައިޑަން އޭނާގެ އެންމެ ބޮޑު ރިޕަބްލިކަން ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕަށް ވުރެ ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ސާވޭތަކުން ދައްކައެވެ.

ބްލޫމްބާގް ނިއުސް/މޯނިން ކޮންސަލްޓް އިން މި މަހު އާންމުކުރި ޕޯލްއަކުން ދައްކާ ގޮތުގައި ޓްރަމްޕް ވަނީ އެ ސްޓޭޓުގައި ވަން އޮން ވަން މެޗްއަޕްގައި ބައިޑަންގެ މައްޗަށް 42 - 46 ޕަސެންޓާ ދެމެދުގެ ލީޑެއް ނަގައިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބައިޑަން މިޝިގަންއަށް ވަޑައިގެންފައިވާއިރު، އޭނާ ވެވަޑައިގެންނެވީ  ޔޫއޭޑަބްލިއުގެ ހަޅުތާލު ކުރާ މުވައްޒަފުންގެ ޕިކެޓް ލައިނަކަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސަށެވެ.

އޭރު އޮޓޯ ޔޫނިއަނުން ވަނީ "ބިގް ތްރީ" ކާރު ކުންފުނިތައް ކަމަށްވާ ޖެނެރަލް މޯޓާސް، ފޯޑް އަދި ސްޓެލެންޓިސް އާ ދެކޮޅަށް ފުރަތަމަ ފަހަރަށް ހަޅުތާލު ކޮށްފައެވެ. މި ހަޅުތާލަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔޫނިއަންއިން ކުރި އެންމެ ދިގު ހަޅުތާލު ކަމަށްވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން މުސާރަ ބޮޑުވެ، އޮޓޯ މަސައްކަތްތެރިންނަށް ރަނގަޅު ފައިދާތަކެއް ލިބުނެވެ.

2024 ވަނަ އަހަރުގެ ރޭހަށް ވާދަކުރާނެ ކެނޑިޑޭޓަކު ޔޫއޭޑަބްލިއުއިން އަދި އެންޑޯޒްކޮށްފައެއް ނުވެއެވެ. ޔޫއޭޑަބްލިއުގެ ރައީސް ފައިން ބުރާސްފަތި ދުވަހު ވިދާޅުވީ މުޅި އިންސާނިއްޔަތަށް ސުލްހަ އާއި އިޖުތިމާއީ އަދުލު އިންސާފު ގާއިމުކުރުމުގެ މި މަސައްކަތުގައި މަސައްކަތްތެރިންގެ ހަރަކާތުގެ ބާކީ ތިބި މީހުން ވެސް ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު