Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިބަމަ ޕްރޮޖެކްޓް

މިނިސްޓަރު އައިޝަތު ޝިހާމެވެ."އިބަމަ" ގެ ކްރެޑިޓެއް ވެސް މިއަދު ނެގޭކަށެއް ނެތެވެ!

15 ޑިސެމްބަރު 2023 | ހުކުރު 13:22

މި ހަރަކާތް ހިންގަނީ ހުރިހާ ރަށްތަކެއްގެ ކައުންސިލުތަކުގެ ދަށުން، އެ ރަށްތަކުގައި ހުންނަ އިދާރާތަކާ އެކު ގުޅިގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 15 ޑިސެމްބަރު 2023 | ހުކުރު 13:22
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް

ކޮންމެ ކަމަކީ އަމިއްލަ ކަމަކަށް ނުވަތަ އަމިއްލަ އަށް ކުރި މަސައްކަތަކަށް ހެދުމަކީ އެންމެ ރަނގަޅުގޮތެއް ނޫންތާ އެވެ. އެހެން ހަދަން ފަށައިފިނަމަ، ބައެއް ފަހަރު ހަމަ ވަރަށް ބޮޑަށް އެމީހެއްގެ އަމިއްލަ އަގު ވެސް ވެއްޓެ އެވެ. މި ފަހަރު މިއީ ވެސް އެކަހަލަ ކަމެކެވެ.

މީގެ ހަތަރު ދުވަސް ކުރިން، މާ މޮޅު އެއްޗެކޭ ހިތާ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މީސްމީޑިޔާއަށް ދޫކޮށްލި ޕޯސްޓެކެވެ. އެ ވުޒާރާގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި، ކުރީގެ ތައުލީމާ ބެހޭ ވުޒާރާ ހިންގެވި ޑރ. އައިޝަތު ޝިހާމްގެ "ކޯޓު"ކޮޅެކެވެ.

"އެންމެ ގާތުން ވީހާ އަވަހަކަށް ކަމެއް ނުހިނގަނީސް، ނޫނީ އެކަމެއް ހިނގާ ހިސާބުން އަޅުގަނޑުމެންނަށް އެކަން އެދިމާވާ ބަޔަކާއެކު މަސައްކަތް ކުރެވިއްޖެނަމަ، އެކަމެއް ޙައްލުކުރަން ވަރަށް ބޮޑަށް ފަސޭހަ ވާނެ. އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކާއި ސަރުކާރުގެ އޮފީސްތައް، ގުޅިގެން މިފަދަ ހެލްތް ސެންޓަރުތައް ސްކޫލުތައް އަދި ކައުންސިލްތަކާއި ކަންކަން ހައްލުކުރަން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ،"

މިނިސްޓަރު އެ ވިދާޅުވަނީ އެ މިނިސްޓްރީން ކުރާނެ ކަމަށް ބުނާ އިޖްތިމާޢީ ބަދަހި މަދަދުވެރީން ނުވަތަ "އިބަމަ" ކަހަލަ ކަމެއްގެ ވާހަކަ އެވެ. ނޫނީ އެއީ ހަމަ އިބަމައިގެ ވާހަކަ ކަމަށް ވެސް ވެދާނެ އެވެ. ޔަގީނުން ވެސް އިނގޭ ކަމަކީ، މިނިސްޓަރު އާއިޝަތު އެ ވިދާޅުވާ ވާހަކައަކީ ހަމަ އިބަމަ ކަމެވެ.

އެންމެ ފުރަތަމަ އިބަމައަކީ ކޯއްޗެއްކަން ބުނެލަދޭނަމެވެ. "އިބަމަ" އަކީ 2021 ވަނަ އަހަރު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެ އަހަރުގެ ސެޕްޓްމްބަރު މަހުގެ ތެރޭގައި ޔުނިސެފްގެ އެހީތެރިކަމާއެކު ފެށި ހަރަކާތެކެވެ. މި ހަރަކާތް ނުވަތަ ޕްރޮގްރާމުގެ މަގްސަދަކީ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ގާއިމު ކުރުމެވެ.

ހަމައެހެންމެ، ހާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވީއެންމެ އަވަހަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ.

އެއީ ހަމަ މިހާރުގެ ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް އެ ވިދާޅުވާ "އެންމެ ގާތުން ވީހާ އަވަހަކަށް ކަމެއް ނުހިނގަނީސް، ނޫނީ އެކަމެއް ހިނގާ ހިސާބުން އަޅުގަނޑުމެންނަށް އެކަން އެދިމާވާ ބަޔަކާއެކު މަސައްކަތް ކުރެވިއްޖެނަމަ، އެކަމެއް ޙައްލުކުރަން ވަރަށް ބޮޑަށް ފަސޭހަ ވާނެ،" ބައެވެ. އެ ކަމެވެ. އެ ހަރަކާތެވެ.

ދެން އޮތީ ވަޒީރު އެ ވިދާޅުވާ "އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކާއި ސަރުކާރުގެ އޮފީސްތައް، ގުޅިގެން މިފަދަ ހެލްތް ސެންޓަރުތައް ސްކޫލުތައް އަދި ކައުންސިލްތަކާއި ކަންކަން ހައްލުކުރަން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ،" ކަމަށް ކުރެވޭ ވާހަކަ އެވެ.

ވަޒީރެވެ. ހަމަ ގައިމު ވެސް ތިޔަކަމަނާ، ޢާއިލީ ވުޒާރާގެ ވަޒީރުކަމަށް ވަޑައިގެންނެވި ފަހުން ނަމަވެސް، އެ މައުލޫމާތުތައް ތިޔަކަމަނާއަށް އެ ވުޒާރާގެ ފަރާތުން ހުންނާނީ ޙިއްސާކޮށްފަ އެވެ. ޙިއްސާ ނުކޮށް ހުރުމަކީ ގައިމު ވަރަށް ބޮޑު މައްސަލައެއްތާ އެވެ. އެހެން ނަމަވެސް މައްސަލައެއް ނެތެވެ. ވަޒީރުގެ ހަނދާން އައުކޮށްލެއްވުމަށް، ތިޔަ ވިދާޅުވާ ޕްރޮގްރާމުގެ ކަންކަން ނިމިދިޔަ ސަރުކާރުން ހިންގި ގޮތް ކިޔާލަ ދޭނަމެވެ.

މިދިޔަ ސަރުކާރުން އިބަމަ ތައާރަފްކޮށް، އިބަމައިގެ ތައާރަފެއްގެ ގޮތުގައި ވެސް ދީފައި އޮތީ ތިޔަ ވަޒީރު ތިޔަ ވިދާޅުވި ކަންކަން ހިމަނައިގެންނެވެ. އެ ވުޒާރާއިންގެ ޚިދުމަތުގެ ދުލެވިން ފެންނަ ގޮތުން ނަމަ، އިޖްތިމާޢީ ބަދަހި މަދަދުވެރީން “އިބަމަ” އަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކައުންސިލް އިސްވ،ެ އިޖްތިމާޢީ ރައްކާތެރިކަން އެފަރާތްތަކުގެ މެންޑޭޓުގައި ހިމެނިފައިވާ މުއައްސަސާތައް ގުޅިގެނ،ް ވަށާޖެހޭ ގޮތެއްގައ،ި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްކުރާ މަދަދުވެރިންނެވެ.

އެގޮތުން އިބަމައިގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިގްރާތީ އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށ،ް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އިޖްތިމާއީ ގޮތުން ބާރުވެރިކޮށް ރައްޔިތުންނާއި އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ އަމާން ވެއްޓެއް ގާއިމްކުރެވޭނެ އެވެ.

އެ ޕްރޮޖެކްޓަކީ ޔުނިސެފްގެ މާލީ އެހީތެރިކަމާއެކު ހިންގަންފަށާފައިވާ ޕްރޮޖެކްޓަކަށް ވުމުން، މިދިޔަ ނޮވެމްބަރާ ހަމަައަށް އެކަނި ވެސް ރާއްޖޭގެ 12 އަތޮޅެއްގައި އަދި ތިން ސިޓީއެއްގެ ޖުމްލަ 836 ބައިވެރިން އިބަމައަށް ތަމްރީނު ކުރެވިފައިވެ އެވެ.

ނިމިދިޔަ ސަރުކާރަށް އިބަމައިގެ ޕްރޮޖެކްޓުން ނުކުރެވި އޮތީ، އެ ހަރަކާތަކީ ޔުނިސެފްގެ ދަށުން ހިންގާ ހަރަކާތަކަށް ވުމާއެކު، އެ ހަރަކާތަށް ބޭނުންވާ ދައުލަތުގެ ބަޖެޓު ހަމަޖެއްސުން އެކަންޏެވެ.

އެހެންކަމުން ވަޒީރު ތިޔަ ވިދާޅުވާ ކަމެއް ނުހިނގަނީސް އެކަމެއްގެ ފިޔަވަޅު އެޅުމަށް އެންމެ ގާތުން މަސައްކަތް ކުރުން ނުވަތަ މިދިޔަ ސަރުކާރުން ފެށި "ޕްރިވެންޓިވް މެޝާސް"، އިބަމަ އަށް ނުވާނެ ގޮތެއް ހަމަ ނުވިސްނެ އެވެ. ވެރިކަމަށް ވަޑައިގެންނެވިތާ މަހެއް ނުވަނީސް އެކަން މުޅިން އަމިއްލަ ކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މިދިޔަ ސަރުކާރުގެ ޢާއިލީ ވުޒާރާއިން ފެށި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އެ ސަރުކާރުން ފެށި އެ މަސައްކަތަށް ވެސް ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ދޭންވާނެ ތާ އެވެ. ކޮންމެ ކަމެއް ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވާ ގޮތަށް އިޙްތިރާމު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުޑައިމީސް ކުރުމަކީ އެންމެ ރިވެތި ގޮތެއް ވެސް ނޫންތާ އެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
11 ޖުލައި 2017

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް