Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯ ޑްރަގް ކޭސް

އިރުފާން ބަންދު ނުކުރަން ނިންމުމުން ދައުލަތުން އަނެއްކާވެސް ހައިކޯޓަށް

ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 08:58
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ނޫންކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފިއެވެ.

އިރުފާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލީ، އޭނާ ބަންދުކުރި ޙާލަތު ބަދަލުވިކަން ނުވަތަ ނޫންކަން ރަނގަޅަށް ތަފްސީލު ނުކޮށްކަަމަށް ހައިކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައި ވަނީ ބަންދު މުރާޖައާކޮށް ނިންމި ގޮތާއި، ކޯޓު އަމުރު ބާތިލުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށެވެ.

Advertisement - newsAdvertisement

އެގޮތުގެ މަތިން ދައުލަތުން ހުށައެޅުމުން 23 ނޮވެމްބަރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ވަނީ އިރުފާން ބަންދުކުރިއިރު ހުރި ޙާލަތު މިހާރު ބަަދަލުވެފައިވާކަން ސަބަބުތަކާއެކު ބަޔާން ކުރައްވައި، އޭނާ ބަންދު ކުރެވެން ނެތްކަމަށް ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އިރުފާންއަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް ދައުލަތުން ބުނި ނަަމަވެސް، އެކަމާ ގުޅޭ ލިއުމެއް ދައުލަތުން ހުށައަޅާފައިނުވާ ކަމަށެވެ. ދައުލަތުން ހުށައަޅާފައިނުވާ ލިއުމަކަށް ޝަރީއަތުން ރިއާޔަތް ކުރާނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، އިރުފާން ބަންދުކޮށްދޭން އެދެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ދައުލަތުން ހުށައަޅާފައިވާ ފޯމުން އެނގެން ނެތްކަމަށެވެ.

އޭގެ އިތުރުން، އިރުފާންގެ އަސްލީ ހިޔާޒަތުން މަސްތުވާއެއްޗެއް ފެނިފައިނުވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ދައުލަތުން އޭނާ ބަންދުކޮށްދިނުން އެދި ފާހަގަކުރާ އަނެއް ސަބަބަކީ މިއީ ޖަމާއަތް ހަދައިގެން ހިންގާފައިވާ ކުށަކަށްވުމެވެ.

އެހެންނަމަވެސް، މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، 7 މީހެއްގެ މައްސަލަ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ވީއިރު، ޖަމާއަތް ހެދުމާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތްވެސް ބަދަލުވެފައިވާކަން ފާހަގަކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ހުންނަތާ 2 މަސް ދުވަސްވެފައިވާއިރު، އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް މައްސަލައެއް ފެންމަތިވެފައިވޭތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު ތަހުގީގީ އިދާރާއަކުން ހިއްސާކޮށްފައިނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ސަބަބުތައް ބަޔާން ކުރައްވައި ކްރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އޭނާ ބަންދު ކުރެވެން ނެތްކަމަށެވެ.

ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އަނެއްކާވެސް ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ނިންމުމަކީ ޝަހީބް އިބްރާހިމްގެ ގަޒިއްޔާގައި ސުޕްރީމް ކޯޓުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދެފަރާތުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު