Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރު އުރަހަ ބޭރުކުރުން

ލޮނުމަސްކަމަށް ދައްކައިގެން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލައިގައި އެކަކު އިއުތިރާފުވެއްޖެ

އެމީހުންގެ ފަރާތުން ފުރަތަމަ ހުށައަޅާފައިވަނީ ހަމައެކަނި ޖޫރިމަނާގެ އަދަބެއް އަންނަ ގޮތަށް އިއުތިރާފުގެ އެއްބަސްވުމަކަށް އައުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 07:01
ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އަތުލައިގަތުން

ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އަތުލައިގަތުން

ފޮށީގައި ބަންދުކޮށްފައިވާ ލޮނުމަސް ޝިޕްމެންޓެއްގެ ގޮތުގައި މިޔަރު އުރަހަތަކެއް ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޝިޕްމަންޓު އަތުލައިގެންފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲއާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙުމަދު މުޙައްމަދުގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާވެސް ހިމެނޭއިރު، އެ ދައުވާ ސާބިތުވެއްޖެނަމަ، 10،000 ރުފިޔާއާއި 2 ލައްކަ ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ނުވަތަ 12 މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އެ ދެމީހުންގެ ފަރާތުން މީގެ ކުރިން ވަނީ އިއުތިރާފު އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ބުނެ ސިޓީއެއް ހުށައަޅާފައެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުންގެ ފަރާތުން ހުށައަޅާފައިވަނީ ހަމައެކަނި ޖޫރިމަނާގެ އަދަބެއް އަންނަ ގޮތަށް އިއުތިރާފުގެ އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. ނަމަވެސް ޙުކުމުގެ ކޮންމެސް މިންވަރެއް ޖަލު އަދަބުގެ ގޮތުގައި ތަންފީޒު ކުރަންޖެހޭނެކަމަށް ދައުލަތުން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ.

މި އަޑުއެހުމުގައިވެސް ދައުވާލިބޭ ދެމީހުން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް ޖަލު ބަންދެއް ނާންނަ ގޮތަކަށް އިއުތިރާފުގެ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް އެމީހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުވާވެސް އިއްވާފައިވާއިރު، ދައުވާލިބޭ ދެމީހުންވެސް ހާޒިރުވެފައިވަނީ ވަކީލަކު ނެތިއެވެ. އެމީހުން ވަކީލެއްގެ ފުރުސަތު ބޭނުންނުވާކަމަށް ބުނާތީ ޝަރީއަތުން ވަނީ ވީ އެންމެ ބޮޑަށް މައްސަލައިގެ ޤާނޫނީ ކަންކަން ސާފު ކޮށްދެއްވާފައެވެ.

ގާޒީ ވިދާޅުވީ، ޖަލު އަދަބު ފިޔަވައި އިތުރު އަދަބެއް ކަނޑައަޅާ ޙާލަތުގައި ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ކަނޑައަޅައި، އެ ފައިސާ 4 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންޖެހޭގޮތަށް އެންގުމަށް ޝަރީއަތުގެ ވިސްނުން ހުރިކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އައްބާސް ވަނީ ދައުވާއަށް އިއުތިރާފުވާކަމަށް ބުނެފައެވެ. އެގޮތުން 26 ދާގީނާ ގެންދިޔައިރު އޭގައި މިޔަރު އުރަހަ ހުރިކަން އެނގިހުރެ، އޭގައި ހުރީ ލޮނުމަސްކަމަށް ބުނެފައިވާނެކަމަށް އޭނާ ބުންޏެވެ.

ގާޒީ ވިދާޅުވީ، އައްބާސް އަބްދުﷲ ގެ ބައިގައި އޭނާ އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ އަޑުއެހުމެއް ބާއްވަވާނެކަމަށެވެ.

އަހުމަދު މުޙައްމަދު ބުނެފައިވަނީ އެތަކެތި ބަންދުކުރީ ބަންގްލަދޭޝް ކުދިންތަކެއް ކަމަށާއި، އެ މުދާ ހިފައިގެން އޭނާ އެއާޕޯޓަށް ގޮސްފައިވާނެކަމަށެވެ. އޭގައި މިޔަރު އުރަހަ ހުރިކަން ނޭނގޭކަމަށް ބުނެ އޭނާ ވަނީ ދައުވާއަށް އިންކާރުކުރާކަން ހާމަކޮށްފައެވެ.

އަހުމަދު މުޙައްމަދަށް ކުރާ ދައުވާގައި އޭނާ އިންކާރުކޮށްފައިވާތީ، ދެން އޮންނާނީ ދެފަރާތުންވެސް ހެކި ހާމަކުރުންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި ފަހަކަށް އައިސް، ގަވައިދާ ޚިލާފަށް މިޔަރު މަސްވެރިކަން ކުރުމާއި، މިޔަރުމަހާއި އުރަހަ ޕްރޮސެސް ކުރުން، ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް

މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް

17 އެޕްރީލު 2017
މިޔަރު ދަތް އެޅި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

މިޔަރު ދަތް އެޅި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

28 މާރިޗު 2017
މަސީހު ބޭރުކުރަން ޖޭޕީން ތްރީލައިން ވިޕެއް

މަސީހު ބޭރުކުރަން ޖޭޕީން ތްރީލައިން ވިޕެއް

23 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު