Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތުރުކީ

އަނިޔާ ލިބުނު ރެފްރީ، ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

ހަލީލަށް ވަނީ އަންކާރާ ހޮސްޕިޓަލުގައި 36 ގަޑިއިރު ވަންދެން ފަރުވާ ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޑިސެމްބަރު 2023 | ބުރާސްފަތި 01:50
ހަލީލް އުމެޓް މެލާ ހޮސްޕިޓަލުން ނިކުންނަނީ

ހަލީލް އުމެޓް މެލާ ހޮސްޕިޓަލުން ނިކުންނަނީ

ތުރުކީ ސުޕަ ލީގުގައި ރިޒެސްޕޯ އަދި އަންކާރަގުޗޫ ބައްދަލު ކުރި މެޗުގެ ރެފްރީއަކަށް ހުރި، ހަލީލް އުމެޓް މެލާ އަށް ލިބުނު އަނިޔާއާ ގުޅިގެން، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެޔަށް ދޫކޮށްލައިފި އެވެ.

އެ ދެ ޓީމު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، މެޗު ނިމުމާއެކު އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި ހަލީލަށް ހަމަލާ ދީފައެވެ. އޭނާ ވަނީ ހަލީލްގެ މޫނު މަތީގައި ޖަހައިފައެވެ. އެކަމުގެ ސަބަބުން ހަލީލަށް ވަނީ އަންކާރާ ހޮސްޕިޓަލުގައި 36 ގަޑިއިރު ވަންދެން ފަރުވާ ދީފަ އެވެ. ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން ދިޔައިރު، އެ ޤައުމުގެ ރައީސް ތައްޔިބް އުރުދުޣާން ވަނީ އޭނާގެ ޙާލު ބައްލަވައިފަ އެވެ.

ހޮސްޕިޓަލުން ބުނީ ހަލީލް އުމެޓް މެލާ ދޫކޮށްލީ އޭނާގެ ހާލު ރަނގަޅުވުމުން ކަމަަށެވެ. ގެޔަށް ބަދަލު ކުރި ނަމަވެސް އޭނާގެ ޙާލަތު ގާތުން ބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ލިބުނު އަނިޔާގެ ސަބަބުން، ގެޔަށް ދޫކޮށްލިއިރު ވެސް އޭނާގެ ލޮލުގައި ރިއްސުން ހުންނާނެ ކަމަށް ވެސް ހޮަސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ. ހޮސްޕިޓަލުން ވެސް ވަނީ އޭނާ އަށް ފުރިހަމަ، އަވަސް ޝިފާ އަކަށް އެދިފަ އެވެ.

ހަލީލް އުމެޓް މެލާ އަށް ހަމަލާ ދިން މައްސަލައިގައި އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ތުރުކީގެ ސަރުކާރުން ވެސް ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު