Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހީ އެހީތެރިންނަށް ފުރައްސާރަކުރުން

އިސްރާއީލު ސިފައިން ފަލަސްތީނު ރެޑް ކްރެސެންޓުގެ މެމްބަރުންނަށް ފުރައްސާރަކޮށް، މާރާމާރީ ހިންގި: ޑަބްލިއުއެޗްއޯ

13 ޑިސެމްބަރު 2023 | ބުދަ 16:33

ޑަބްލިއުއެޗްއޯއާއި ޕީއާރުސީއެސްއިން، ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ސަރޖިކަލް ސާމާނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ނުރައްކާތެރި ހާލަތްތަކުގައި ހަރަކާތްތެރިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 ޑިސެމްބަރު 2023 | ބުދަ 16:33
ޣައްޒާގެ އުތުރާއި ދެކުނުން އެންމެ ސީރިއަސްކޮށް ޒަޚަމްވި ބަލި މީހުން ގެންދިއުމުގެ މަސައްކަތް މެޑިކަލް ޓީމުތަކުން ދަނީ ކުރަމުން

ޣައްޒާގެ އުތުރާއި ދެކުނުން އެންމެ ސީރިއަސްކޮށް ޒަޚަމްވި ބަލި މީހުން ގެންދިއުމުގެ މަސައްކަތް މެޑިކަލް ޓީމުތަކުން ދަނީ ކުރަމުން

ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ މެމްބަރުންނަށް ފުރައްސާރަކޮށް، މާރާމާރީ ހިންގާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ރިޕޯޓްކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް)ގެ މެޑިކަލް މުވައްޒަފުންނަށް ޣައްޒާގައި ތިބި އިސްރާއީލުގެ އަސްކަރިއްޔާގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި މާރާމާރީގެ ހާދިސާތައް ތަފްސީލުކޮށްދީފައެވެ. އެ ރިޕޯޓުގައި ވާގޮތުން، ޕީއާރުސީއެސްގެ އެހީތެރިޔަކު އިސްރާއީލު ސިފައިން ހިފަހައްޓައި، މާރާމާރީ ހިންގައި، ޖިންސީފުރައްސާރަ ކޮށްފައިވާއިރު، އަސްކަރިއްޔާގެ ޗެކްޕޮއިންޓެއްގައި އެމްބިއުލާންސްގެ ގާފިލާއެއް ލަސްވުމުގެ ސަބަބުން ހާލު ސީރިއަސް ބަލިމީހަކު ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯއާއި ޕީއާރުސީއެސްއިން ދަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ބޭނުންވާ ސަރޖިކަލް ސާމާނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ނުރައްކާތެރި އިންސާނީ މިޝަންތަކުގައި ހަރަކާތްތެރިވަމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާ ވަށާލުމުން، ހަފުތާތަކެއް ވަންދެން އެ ސަރަހައްދަށް އެހީ ގެނައުމަށް ހުރަސް އެޅިފައިވާއިރު، އުތުރުގެ ރައްޔިތުން ވަނީ އެމީހުންގެ ހާލަތު "ދިރިހުރި ނަރަކައެއް"ގެ ގޮތުގައި ސިފަކޮށްފައެވެ.

މެޑިކަލް ޓީމުތަކުން ދަނީ ސީރިއަސް ޒަޚަމްވި މީހުން އިތުރު ފަރުވާއަށް ދެކުނުގެ ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޣައްޒާ ސިޓީގެ އަލްއަހްލީ ހޮސްޕިޓަލަށް ޓްރޯމާއާއި ސާޖިކަލް ސާމާނު ފޯރުކޮށްދިނުމާއި، ޚާން ޔުނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ކްރިޓިކަލް 19 ޕޭޝަންޓުން ގެންދިއުމުގެ މަގުސަދުގައި ޑަބްލިއުއެޗްއޯއާއި ޕީއާރުސީއެސް ގުޅިގެން ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ކުރިއަށްގެންދިޔަ މިޝަނަށް އިސްރާއީލުގެ އަސްކަރިއްޔާގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.

އުތުރުގެ ހޮސްޕިޓަލަށް ދަތުރުކުރަމުންދިޔަ މި ގާފިލާ ލަސްވީ ޣައްޒާ ވާދީގައި ހުންނަ އިސްރާއީލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓެއްގައެވެ. އެ ވެހިކަލްތައް ގަދަކަމުން ބަލައި ފާސްކޮށް، މުވައްޒަފުންގެ އައިޑެންޓިޓީ ޗެކްކުރިއެވެ. ޕީއާރުސީއެސްގެ ދެ މުވައްޒަފަކު ގަޑިއެއްގެއިރަށްވުރެ ގިނައިރު ވަންދެން ހިފަހައްޓައި، އެތަނުން އެހީތެރިޔަކަށް ހަތިޔާރު ދައްކައިގެން ދުރު ހިސާބަކަށް ގަދަކަމުން ގެންދިޔައެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި ޕީއާރުސީއެސްގެ މުވައްޒަފަކު ހަތިޔާރުގެ ބިރު ދައްކައިގެން ކުޑަކަކޫޖަހަން މަޖުބޫރުކޮށް، ފުރައްސާރަކޮށް، މާރާމާރީ ހިންގައި، ބަރަހަނާކޮށް، ބަލައި ފާސްކުރިއެވެ.

ޣައްޒާ ސިޓީއަށް ވަނުމުން އެ ގާފިލާއަށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، ޒަޚަމްވި ބަލިމީހުންނާއެކު އެނބުރި އައުމުން އަނެއްކާވެސް ޣައްޒާ ވާދީގައި ވަނީ ހުއްޓުވާފައެވެ. އިސްރާއީލު ސިފައިން ވަނީ ބަލި މީހުންނާއި މުވައްޒަފުން އިންސްޕެކްޓްކޮށް، ޕީއާރުސީއެސްގެ ދެ މުވައްޒަފަކު އެތައް ފަހަރަކު ހިފަހައްޓާފައެވެ.

ޑަބްލިއުއެޗްއޯއިގެ ރިޕޯޓްގައި އިތުރަށް ބުނީ، ބަލި މީހުންނާއި އިންސާނީ ޚިދުމަތްތެރިންގެ ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ގާފިލާ ނުރައްކާތެރި ސަރަހައްދުން ނުކުންނަން ޖެހުނީ ދޮޅު ގަޑިއިރު ފަހުން ކަމަށެވެ.

މީގެ އިތުރުން މެޑިކަލް ސްޓާފުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލްތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ މައްޗަށްވެސް އެ ބަޔާނުގައި ވަނީ އަލިއަޅުވާލާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެމްބިއުލާންސްފަދަ ސިއްހީ ޚިދުމަތްދޭ ވެހިކަލްތަކާއި ތަންތަން ހިމާޔަތްކުރުމަށް ބާރުއަޅައި، ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 18,412އަށް އަރާފައެވެ. އަދި، ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 50,000ށް އުފުލިފައެވެ. އެ މީހުންނަށް ސިއްހީ ފަރުވާ ދެވޭނެ ގޮތެއް ނެތްއިރު، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އެތަކެއް ހާސް ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމުގައިވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2019

ވަކި މުނާސަބަތެއް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ޤައުމީ ޚިދުމަތުގައި!

13 އޯގަސްޓު 2019
ވަކި މުނާސަބަތެއް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ޤައުމީ ޚިދުމަތުގައި!
26 އެޕްރީލު 2019

ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

26 އެޕްރީލު 2019
ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ
23 އެޕްރީލު 2018

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

23 އެޕްރީލު 2018
މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!
14 މާރިޗު 2018

ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ

14 މާރިޗު 2018
ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ
12 ފެބުރުއަރީ 2018

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް