Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ނޫސްވެރިންނަށް ހަމަލާދިނުން

އިސްރާއީލުން ޖެނިންއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެއްޖެ

އަންގާރަ ދުވަހުގެ ހެނދުނު އިސްރާއީލު ސިފައިން ޖެނިންގައި ނޫސްވެރިންނާ ދިމާލަށް ކަރުނަ ގޭސް ޖެހުމުން ފޮޓޯ ޖާނަލިސްޓަކަށް ވަނީ އަނިޔާވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2023 | އަންގާރަ 13:13
ޖެނިން ސިޓީގައި އިސްރާއީލު ސިފައިން އަނެއްކާވެސް ހިންގި އޮޕަރޭޝަނެއްގައި ނޫސްވެރިންނަށް ވަނީ ކަރުނަ ގޭސް ޖަހައިފައި

ޖެނިން ސިޓީގައި އިސްރާއީލު ސިފައިން އަނެއްކާވެސް ހިންގި އޮޕަރޭޝަނެއްގައި ނޫސްވެރިންނަށް ވަނީ ކަރުނަ ގޭސް ޖަހައިފައި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް އިސްރާއީލު ނިރުބަވެރިން މިއަދު ދިން ޑްރޯން  ހަމަލާއެއްގައި ފަލަސްތީނުގެ  ހަތަރު މީހަކު  ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ބުނި ގޮތުގައި އެ ސިޓީއަށް ދިން ޑްރޯން ހަމަލާގައި އިތުރު މީހަކު ވެސް ޒަހަމްވި އެވެ.

އަލްޖަޒީރާ ޓީވީގެ ނޫސްވެރިޔަކު ބުނީ މި ޑްރޯން އަމާޒުކޮށްފައި ވަނީ ޖެނިންގެ މެދުތެރޭގެ ސިޓީއެއް ކަމުގައިވާ އަލް-ސިބަތު އަވަށަށް ކަމަށާއި، ހަމަލާތައް ދިންއިރު، އިސްރާއީލުގެ ސްނައިޕަރުން ފުރާޅުތަކުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ.

2000 ގެ އަހަރުތަކަށްފަހު ފުރަތަމަ ފަހަރަށް އޮކްޓޫބަރު މަހު ހަމަލާތައް ފެށުމުގެ ކުރިން ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޖެނިން ރެފިއުޖީ ކޭމްޕަށާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވައިގެ ހަމަލާތައް ދެނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހު  ޖެނިން ކައިރީގައި އިސްރާއީލްގެ ވެހިކަލަކަށް ހެލިކޮޕްޓަރު ނުވަތަ ޑްރޯން ހަމަލާއެއް ދިން ކަމަށް ޝައްކު ކުރެވޭ ބައެއް ކަމަށްބުނެ ފަލަސްތީނުގެ ތިން މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

އަންގާރަ ދުވަހުގެ ހެނދުނު އިސްރާއީލު ސިފައިން އެ ސިޓީގައި ނޫސްވެރިންނާ ދިމާލަށް ކަރުނަ ގޭސް ޖެހުމުން ފޮޓޯ ޖާނަލިސްޓަކަށް ވަނީ އަނިޔާވެފައެވެ.

ރޮއިޓާސްގެ ފޮޓޯގްރާފަރު ރާނިޔާ ސަވާފްތާހު ޒަހަމްވެފައި ވަނީ އެ ސިޓީއަށް އެންމެ ފަހުން އިސްރާއީލް ސިފައިން ވަދެ ދިން ރެއިޑް ކަވަރު ކުރަމުން ދަނިކޮށް ޕްރެސް ވެސްޓެއް ލައިގެން ތިބި ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާގައެވެ.

ހުޅަނގު އައްސޭރީގައި ހުންނަ އަލްއަރަބީ އަލް ޖާދީދުގެ ނޫސްވެރިޔާ ބުނި ގޮތުގައި އެނޫސްވެރިޔާ ބޭސްފަރުވާ އަށް އެމްބިއުލާންސްގައި ގެންދިޔަ މަންޒަރު ވަނީފެނިފައެވެ.

އަންގާރަ ދުވަހު ނޫސްވެރިންނަށް ދިން ހަމަލާއަކީ ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށް އިސްރާއީލު ސިފައިން ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އިތުރުން ރޮއިޓާސް އާއި އެޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) އިން ދާދި ފަހުން ކުރި ތަހުގީގަށް އެނގުނު ގޮތުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ލުބުނާނުގައި އިސްރާއީލުން ދިން ދެ ހަމަލާއެއްގައި ރޮއިޓާސްގެ ފޮޓޯގްރާފަރު އީސާމް އަބުދުالله  ޝަހީދު ކޮށްލައި އިތުރު ހަ ނޫސްވެރިއަކު ޒަހަމްކޮށްލުމަކީ އާންމުންނަށާއި، ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށްވާއިރު، އެއީ ހަނގުރާމައިގެ ޖަރީމާއެކެވެ.

ލުބުނާން-އިސްރާއީލް ބޯޑަރު ކައިރީގައި ހިނގި ހަމަނުޖެހުންތަކުގައި ހަމަލާތައް ނޫސްވެރިންނަށް އަމާޒުކުރި އިރު މީޑިއާގެ މެންބަރުންގެ ގޮތުގައި ސާފުކޮށް ދެނެގަނެވިފައިވާ ކަން ތަހުގީގަށް ވަނީ އެނގިފައެވެ.

އިސްރާއީލުން ޣައްޒާއާއި ލުބްނާނުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި މިހާތަނަށް 75 ނޫސްވެރިން ޝަހީދުވެ، 80 ނޫސްވެރިޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ޖާނަލިސްޓް ސިންޑިކޭޓުން ބުނެއެވެ.

ފަލަސްތީނުގެ ދެ ނޫސްވެރިއަކު ގެއްލި، 60 ނޫސްވެރިންގެ އާއިލާއަކަށް އަމާޒުކޮށް، 63 މީޑިއާ މުއައްސަސާއެއް ހަލާކުކޮށްލައި، 25 ލޯކަލް ރޭޑިއޯ ސްޓޭޝަނެއް (ޣައްޒާގެ 24 އަދި ހުޅަނގު އައްސޭރީގެ އެއް) އޮޕަރޭޝަނަށް ހުރަސްއަޅާފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ނިއު އަރަބްގެ ނޫސްވެރިޔާ ދިއާ އަލް ކަހްލޫތު ވެސް ހިމެނެއެވެ. އޭނާ ގެއިން ގެންދިޔައީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ހަތިޔާރުގެ ބިރު ދައްކައިގެންނެވެ.

ނޫސްވެރިންނަކީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ބައެއް ނޫން ކަމަށް ބެލެވޭތީ، ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު