Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު

ސައޫދީ އަރަބިއްޔާގެ އަންހެން ޓީމަށް ބާސެލޯނާގެ ކާމިޔާބު ކޯޗު ކޯޓޭސް

ސައޫދީ ޤައުމީ ޓީމާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2023 | ބުދަ 03:05
ސައޫދީ އަންހެން ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކޯޓޭސް

ސައޫދީ އަންހެން ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކޯޓޭސް

ސައޫދީ އަރަބިއްޔާގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ސްޕެއިންގެ ލުއިސް ކޯޓޭސް ހަމަޖައްސައިފިއެވެ.

އުމުރުން 37 އަހަރުގެ ކޯޓޭސް ސައޫދީ ޤައުމީ ޓީމާ ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސައޫދީ ޤައުމީ ޓީމާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. ސައޫދީ ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ކޯޓޭސް ހަމަޖެއްސިކަން، ސައޫދީ އަރަބިއްޔާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ސައޫދީ އަންހެން ޓީމުގެ ކޯޗަކަށް ކޯޓޭސް ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުރި ރޯޒާ ލަޕީ-ސެޕްޕާލާ ދުރުކުރުމަށްފަހު އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ މިއަހަރުގެ ފެބްރުވަރީ މަހުއެވެ. ޓީމާ ހަވާލުވިތާ 10 މަސް ފަހުން، ސައޫދީ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ މަގާމުން ވަކި ކުރަން ނިންމައިފައެވެ.

ކުރިން މިޑްފީލްޑަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅުނު ކޯޓޭސް، ކޯޗިން ކެރިއަރު ފެށީ 2017 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ ހުރީ ސްޕެއިންގެ ބާސެލޯނާގެ އަންހެން ޓީމުގެ އެސިސްޓެންޓު ކޯޗަކަށެވެ. އޭގެ ދެ އަހަރު ފަހުން، 2019 ވަނަ އަހަރު ވަނީ އެ ކުލަބުގެ ކޯޗުކަމާ ހަވާލުވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ 2020/21 ވަނަ ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފައެވެ. އެއީ ބާސެލޯނާގެ އަންހެން ޓީމުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް ސީޒަނެވެ.

ބާސެލޯނާގެ ކޯޗުކަމުގަައި ދެ އަހަރު ހުރުމަށްފަހު، 2021 ވަނަ އަހަރު ކޯޓޭސް ދެން ހަވާލުވީ ޔޫކްރެއިންގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއެވެ. ޔޫކްރެއިންގެ ކޯޗުކަމުގައި ވެސް ކޯޓޭސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ސައޫދީ ފުޓުބޯޅަ ފެޑެރޭޝަނުން އެ ޤައުމުގެ އަންހެން ޓީމުގެ ކޯޗުކަމަށް ކޯޓޭސް ހަމަޖެއްސީ، އަންހެން ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު