Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރީ އުމްރާ ގްރޫޕް

ފަރީ އުމްރާ ގްރޫޕުން، ރަމަޟާން މަހުގެ އިތުރުން އަންނަ އަހަރުގެ އިތުރު ދަތުރުތަކަށް ފުރުސަތު ހުޅުވާލައިފި

އެ ދަތުރުތަކުގެ އިތުރު މައުލޫމާތު އެ ގްރޫޕުގެ އިންސްޓަގްރާމް، ފޭސްބުކް، އަދި ވައިބަރ ކޮމިއުނިޓީން ލިބޭނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 12 ޑިސެމްބަރު 2023 | އަންގާރަ 12:15
ހަރަމްފުޅު: ފަރީ ހައްޖު އަދި އުމްރާއިން އެންމެ ފަސޭހަ ޚިދުމަތް ފޯރުކޮށްދޭ

ހަރަމްފުޅު: ފަރީ ހައްޖު އަދި އުމްރާއިން އެންމެ ފަސޭހަ ޚިދުމަތް ފޯރުކޮށްދޭ

ފަރީ އުމްރާ ގްރޫޕުން އަންނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އިތުރުން އެހެން އުމްރާ ދަތުރުތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ގްރޫޕުގެ ދަތުރުތަކުގެ މައުލޫމާތު ދެއްވަމުން އެ ގްރޫޕުގެ އިސްވެރިޔާ ފަރީދާ ހަސަން (ފަރީ މިސް) ވިދާޅުވީ، މި އަހަރުގެ ދަތުރުތަކުގެ ތެރެއިން، މި ޑިސެމްބަރު މަހުވެސް ޖުމްލަ ފަސް ދުވަހެއްގެ މައްޗަށް ޖުމްލަ ހަ ގްރޫޕެއްގައި އުމްރާއަށް މީހުން ފުރާނެ ކަމަށެވެ. އެގޮތުން ސްކޫލު ޓީޗަރުންނާއި ދަރިވަރުންނަށްވެސް ބައިވެރިވެވޭގޮތަށް ފަރުމާ ކުރެވިފައިވާ މި ދަތުރުތަކުގައި، ސިއްހީ އެހީތެރިންނާއި، ޑޮކްޓަރުންގެ ޓީމު، އަދި މައުލޫމާތު ދެއްވާނެ ޝައިޚުންވެސް ބައިވެރިވާނެ ކަމަށް ފަރީ މިސް ވިދާޅުވިއެވެ. ފަރީ މިސް ވިދާޅުވިގޮތުގައި މި މަހުގެ އުމްރާގެ ދަތުރުތަކުގެ ތާރީޚުތަކަކީ ޑިސެމްބަރު 11، 15، 16، 19 އަދި 24އެވެ.

އެގޮތުން ޑިސެމްބަރު 11ގެ ގްރޫޕު މިހާރު ފުރާފައިވާއިރު، މި މަހުގެ 19ގައި ދެ ގްރޫޕަކަށް މީހުން އުމުރާއަށް ފުރާނެއެވެ. އެ ނޫން ތާރީޚުތަކުގައި ފުރާނީ ދުވާލަކު އެއް ގްރޫޕެވެ.

މި ދަތުރުތަކުގައި ހަތަރު އުމްރާ ކުރެވޭއިރު، ހިލޭ ތިން އުމްރާ ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އޭގެ އިތުރަށް، އިތުރު އުމްރާ ކުރުމުގެ ފުރުސަތުތައް ވެސް ލިބޭއިރު، މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ މައުލޫމާތު ވެސް ފަރީ ގްރޫޕުން ފޯރުކޮށްދޭނެ ކަމަށް ފަރީ މިސް ވިދާޅުވިއެވެ.

މި ދަތުރުތަކުގެ އިތުރުން، މި އަންނަ އަހަރުގެ ދަތުރުތަކަށް ބަލާއިރު، ރަމަޟާން މަހުގެ އުމްރާ، ޖުލައި، އޮކްޓޯބަރު އަދި ޑިސެމްބަރުގެ އުމްރާގެ ދަތުރުތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިއެވެ. އެގޮތުން އެ ދަތުރުތަކުގެ އިތުރު ގްރޫޕުގެއިންސްޓަގްރާމް، ފޭސްބުކް، އަދި ވައިބަރ ކޮމިއުނިޓީން ލިބޭއިރު، އެ ދަތުރުތަކަށް ފައިސާ ދެއްކުމަށް ވެސް ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ.

އެގޮތުން ފަރީ މިސް ވިދާޅުވީ، މި އަންނަ އަހަރުގެ އުމްރާ ދަތުރުތަކަށް، ބަހާލައިގެން ފައިސާ ދެއްކޭއިރު، ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯމު ފުރާލެވޭނެ ކަމަށެވެ. އެގޮތުން އެ ގްރޫޕުން ފޯރުކޮށްދޭގޫގުލް ފޯމުފުރާލުމުން، އެ ދަތުރުތަކުގެ އެންމެ ފަހުގެ އަދާހަމަ އެ ގްރޫޕުން ދެމުންދާނެ ކަމަށްވެސް ފަރީ މިސް ވިދާޅުވިއެވެ.

މި ދަތުރުތަކުގައި ފަރީ އުމްރާ ގްރޫޕުގައި ހިމެނިގެން ދާން ބޭނުންވާ ފަރާތްތަކުން 9110909 އަށް ގުޅައިގެންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

ފަރީ އުމްރާ ގްރޫޕަކީ ވަރަށް ގިނަ ރައްޔިތުން އިތުބާރުކުރާ ގްރޫޕެކެވެ. ކޮންމެ އަހަރަކުވެސް އެ ގްރޫޕު މެދުވެރިކޮށް އެތައް ބަޔަކު ހައްޖާއި އުމްރާގެ ދަތުރުތަކަށް ދެއެވެ.

އޭގެ އެންމެ މައިގަނޑު އެއް ސަބަބަކީ، އެ ގްރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ދަތުރުތަކުގެ ފުރިހަމަ މައުލޫމާތުތައް ދިނުމަށް ވައިބަރ ކޮމިއުނިޓީ އަދި ފޭސްބުކް ފަދަ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި، ކޮންމެ ދަތުރެއްގެ ކުރިންވެސް ދަތުރުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތުގެ ސެޝަންތައް ބޭއްވުމާއި، އުމްރާގެ ޚިދުމަތްތައް ފަސޭހަކުރުމަށް ދެވޭ ޚިދުމަތްތަކުގެ އިތުރުން، ދިވެހި ކެއުން ވެސް ފޯރުކޮށްދިނުން ހިމެނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެކި މީހުން ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާގެ ދަތުރުތަކުގައި ބައިވެރިވާކަމީ އޭގެ ހެތްކެކެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު