Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައިސްގެ ޖެނީވާ ދަތުރުފުޅު

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލާ ނައިބު ރައީސް ބައްދަލުކުރައްވައިފި

11 ޑިސެމްބަރު 2023 | ހޯމަ 12:29

ޑަބްލިއުޓީއޯގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ 31 މެއި 1995 ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޑިސެމްބަރު 2023 | ހޯމަ 12:29
ނައިބު ރައީސް ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވަނީ

ނައިބު ރައީސް ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފު، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އުންގޯޒީ އޮކޮންޖޯ އިވެއެލާ އާ ބައްދަލުކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ނައިބު ރައީސް ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް މުޙައްމަދު ޙުސައިން ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ޑަބްލިއުޓީއޯ އިން ރާއްޖެއަށް ފޯރުކޮށްދޭ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއިން އެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މުހިންމުކަމާއި ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމުގެ މުހިންމުކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޑަބްލިއުޓީއޯ ގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޑަބްލިއުޓީއޯގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ 1995 މެއި 31 ގައެވެ.

ނައިބު ރައީސް ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

31 ޖުލައި 2017
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
04 ޖުލައި 2017

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

04 ޖުލައި 2017
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް
24 ޖޫން 2017

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
13 ޖޫން 2017

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

13 ޖޫން 2017
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި
23 މެއި 2017

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް