Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިން ހައްޔަރުކުރުން

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންނަށް އަމުރުކުރުމަށް އައިއެފްޖޭއިން ސަރުކާރަށް ގޮވާލައިފި

ނޫސްވެރިންނަށް އިޚްތިރާމް ކުރުމަށް ފުލުހުންނަށް އަމުރުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 13:41
ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ

ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންގެ މައްޗަށް އަމުރުކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އައިއެފްޖޭއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ނޫސްވެރިން ހައްޔަރުކޮށް އަނިޔާކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ފުލުހުންގެ މި އަމަލުތަކުން ސާފުކޮށް ހާމަވެގެންދަނީ ނޫސްވެރިންގެ ހައްގަށް ފުލުހުން އަރައިގަނެފައިވާކަން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އައިއެފްޖޭއިން ބުނީ ފުލުހުންގެ އެ އަމަލަކީ، އާންމު ރައްޔިތުންނާއި ހަަމައަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރި އެއްވުމުގެ ހަރަކާތްތައް ލައިވްކޮށް ގެނެސްދިނުމަށްޓަކައި ނޫސްވެރިން ކުރި މަސައްކަތް ޤަސްތުގައި ހުއްޓުވާލުމުގެ ގޮތުން ހިންގި އަަމަލެއް ކަމަށެވެ.

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ފުލުހުންނަށް އަމުރުކުރުމަށް ގޮވާލުމުގެ އިތުރުން އައިއެފްޖޭއިން ވަނީ ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ބުދަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުން ކަވަރުކުރުމުގެ މަސައްކަތުގައި، ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން ތިބި ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ފަހުން ވަނީ ހުރިހާ ނޫސްވެރިން ދޫކޮށްލާފައެވެ. ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލި ނަމަވެސް "ސަންގު ޓީވީ"ގެ ނޫސްވެރިއަކަށް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް ފުލުހުން ވަނީ ޗިޓް ހަވާލުކޮށްފައެވެ. އަދި ހައްޔަރުކުރި ބައެއް ނޫސްވެރިންނަށް ފުލުހުންވަނީ ވަރަށް ބޮޑަށް އަނިޔާކޮށް، އެކި މީޑިއާ ސްޓޭޝަންތަކުގެ އިކުއިޕްމަންޓް ތަކަށްވެސް ގެއްލުންދީފައެވެ.

ރާއްޖެ ޓީވީން ވަނީ ފުލުހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކިއުޕްމެންޓަށް ފުލުހުން ގެއްލުން ދިނުމުން އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރުކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި ނުވެސް ޖެއްސޭނެ ކަމަށެވެ. މީގެ އިތުރުންގާނޫނާ ޚިލާފަށް އަމަލުކުރި ފުލުހުންނާއި، ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހުންގެ ވާޖިބެކޭ އެއްގޮތަށް ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީ ވެސް ގާނޫނުން ލިބިފައިވާ ހައްގެއް ކަމާއި ގާނޫނީ ޒިންމާއެއް ކަމަށް ގަބޫލުކުރާ ފުލުހުންތަކެއް ހިދުމަތަށް ނެރުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު