Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުންނަށް ރުހުން ދިނުން

ވަޒީރުންނަށް ރުހުން ދިނުން: ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް ކޮމިޓީން ނިންމައިފި

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 09:52
ރައީސް މުއިއްޒު އައްޔަންކުރެއްވި ކެބިނެޓް

ރައީސް މުއިއްޒު އައްޔަންކުރެއްވި ކެބިނެޓް

ރައީސް ޑރ. މުހައްމަދު މުޢިއްޒު ސަރުކާރުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ބޭފުޅުންގެ ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ވަކިވަކިން އެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އާދިއްތަ ދުވަހު ބޭއްވި މި ކޮމިޓީ ބައްދަލުވުމުގައި ވަޒީރުންގެ ޝަރުތުތައް ހަމަވުމުގައި ބެއްލެވީ ތިން ކަމަކަށެވެ. އެއީ ކުށުގެ ރިކޯޑު، ސާބިތު ދަރަނި އަދި އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބެލުމެވެ. އެ ތިން ކަމުގެ ތެރެއިން އެއްވެސް ކަމެއްގައި ވަޒީރުންގެ މައްސަލައެއް ނެތް ކަމަށް މެންބަރުން ކޮމިޓީގައި ނިންމެވިއެވެ.

Advertisement - newsAdvertisement

އެގޮތުން އެ ކޮމިޓީން އެކަން ބަލަން ޖެހުނީ ހައުސިން މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރު އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބެލުމަށް މެންބަރުން އެދުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިން އެ ދެ ބޭފުޅުން ވެސް ބޭރުގެ ރައްޔިތުކަން ދޫކުރައްވާފައިވާ ކަން ޔަގީން ކޮށްދެއްވާފަ އެވެ.

އެގޮތުން މިނިސްޓަރު ހައިދަރު މިދިޔަ މަހުގެ 15 ގައި އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކުރައްވާފައިވާއިރު، މިނިސްޓަރު މާރިޔާ ނިއުޒީލެންޑުގެ ރައްޔިތުކަން ދޫކުރައްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައި އެވެ.

އެއާ އެކު އެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ގޮތަކާ މެދު މަޝްވަރާ ކުރެވުނެވެ. އެ މަޝްވަރާގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ހުށަހެޅުއްވީ އެ 22 ވަޒީރުންނަށް އެއް ފަހަރާ ރުހުން ދިނުމަށް ފާސް ކުރުމަށެވެ.

އެހެން ނަމަވެސް ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށް ތަޅުމަށް ހުށަހެޅުމަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކޮމިޓީ އަށް ހުށަހެޅުއްވުމާއެކު، މެންބަރު ތޯރިގުގެ ހުށަހެޅުން އަނބުރައި ގެންދެވިއެވެ.

މެންބަރު ޝިފާއުގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެގޮތަށް ފާސްކޮށްފައިވާއިރު، އިދިކޮޅުގައި އޮތް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު އަލީ ހައިދަރު، ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އަދި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ގެ ދަރިކަލުން އިބްރާހީމް ފައިސަލްގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ނަންފުޅު ވެސް ހިމެނެއެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މަޖިލީހުން ހުރިހާ ވަޒީރުންނަށް ރުހުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްކެބިނެޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު