Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާރާމާރީ ހިންގުން

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ކުޑަކުއްޖަކު ޒަޚަމުކުރި މައްސަލައެއް ހުށަހެޅިފައެއް ނުވޭ: ފުލުހުން

އެ މައްސަލައާ ގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެ މައުލޫމާތެއް އެ އިދާރާއާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 05:59
ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

ހުޅުމާލޭގައި ހުންނަ ސެންޓްރަލް މޯލްގެ ލިފްޓު ތެރޭގައި ތޫނު އެއްޗަކުން ކުޑަކުއްޖަކަށް ޙަމަލާދީ ޒަޚަމުކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ސެންޓްރަލް މޯލްގެ ލިފްޓު ތެރޭގައި ފުރާވަރުގެ ކުއްޖަކަށް މާރާމާރީ ހިންގައި ޒަޚަމުކޮށްލާފައިވާ ކަމަށް ބުނެ މީސްމީޑިޔާ އަދި ރާއްޖޭގެ ބައެއް ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރަކާ ގުޅިގެންނެވެ. އެގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައެއް ނުވާ ކަމަށާއި، އެހެން ނަމަވެސް އެފަދަ ކަމެއް ހިނގިތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން މިހެން ބުނެފައިވީ ނަމަވެސް، މިފަދަަ ހާދިސާ ހިނގި ކަމަށް ބުނެ، ފުލުހުން އާދީއްތަ ދުވަހު ޓްވީޓެއް ވެސް ކުރިއެވެ. އެހެން ނަމަވެސް އެ ޓްވީޓު ފަހުން ވަނީ ޑިލީޓްކޮށްލާފައެވެ.

އަދި އޭގެ ފަހުން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެފަދަ ހާދިސާއެއް ހިނގާފައިވޭތޯ ބެލުމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރުމުގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭގެ ޗީބޯ ރެސްޓޯރަންޓް ހުންނަ ގޯޅީގެ ތެރޭގައި ހިނގި މާރަމާރީ އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓެއްގައި އާއިލީ މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ ހިންގި މާރާމާރީ ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ނުރައްކާތެރި މާރާމާރީއެއް ހިންގައި، ދެ މީހަކު ޒަޚަމުކޮށްލައިފައިވެއެވެ.

މާރާމާރީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު