Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

އެކަށީގެންވާ ވަރުގެ މޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، މޮޅުވުމުން ކްލޮޕް އުފާވެފައި

ކްލޮޕް ބުނީ މިއީ މެޗެއްގެ 76 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް، ރަނގަޅަށް ނުކުޅެވި އޮތް ޓީމެއް، އެ މެޗަކުން މޮޅުވިތަން އޭނާ އަށް ފެނުނު ފުރަތަމަ ފަހަރު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 01:41
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް، މެޗުން މޮޅުވުމުން އުފާވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނީ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލެސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ، ހޯދި މޮޅަށް ފަހު ވާހަކަ ދައްކަމުންނެވެ. ލިވަޕޫލުން މެޗު ކާމިޔާބު ކުރީ ވެސް، ޕެލެސް އިން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ކްލޮޕް ބުނީ މިއީ މެޗެއްގެ 76 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް، ރަނގަޅަށް ނުކުޅެވި އޮތް ޓީމެއް، އެ މެޗަކުން މޮޅުވިތަން އޭނާ އަށް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ ބުނީ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހުމާ ހަމައަށް، ޓީމުގެ ފަރާތުން ފެނުނީ އެންމެ ބޭނުންވި ކުޅުން ކަމަށެވެ. ނަމަވެސް އެ ލަނޑާއެކު ލިވަޕޫލުން މެޗުގެ ތެރެއަށް ފުރިހަމަ އަށް ވަންކަން އޭނާ ފާހަގަ ކުރި އެވެ. ނަތީޖާއެއްގެ ގޮތުގެ ދެ ވަނަ ލަނޑެއް ޖަހައި، މެޗުން ފުރިހަމަ މޮޅެއް ހޯދިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކްލޮޕް ވަނީ، ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އަށް މަރުޙަބާ ކިޔައިފައެވެ. އެ މެޗުގައި ޞަލާޙު ޖެހި ލަނޑަކީ ލިވަޕޫލްގެ ޖާޒީގައި އޭނާ ޖެހި 200 ވަނަ ލަނޑެވެ. ކްލޮޕް ބުނީ ހަމައެކަނި ލަނޑު ޖެހެނީ ރަނގަޅަށް ކުޅެވޭ މެޗުތަކުގައި ކަމަށް ވެއްޖެ ނަމަ، 200 ލަނޑު ހަމަކުރުމަކީ ނުވާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ޞަލާޙު އަކީ މޮޅަށް ކުޅޭ، މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ލިވަޕޫލްގެ ޖާޒީގައި ޞަލާޙު އަންނަނީ އެކަން ދައްކައި ދެމުން ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ.

ލީގުގައި ދެން ލިވަޕޫލަށް އޮންނަނީ އަމިއްލަ ދަނޑުގައި މި މަހުގެ 17 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮަޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 14 ވަނަ ދުވަހު، ޔުއެފާ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ޔޫނިއަން ސެއިންޓް ގިލޮއިސްއާ ދެކޮޅަށް އެ ޓީމު ނިކުންނާނެއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްޔާގެން ކްލޮޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު