Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚުތުބާ ތަރުޖަމާކުރުން

އޮންލައިންކޮށް އިނގިރޭސި އާއި ބަންގްލަދޭޝް ބަހުން ޚުތުބާ ބެލޭނެ ގޮތް ހަދަނީ

އިސްލާމީ ރިސާލަތު ފޯރުކޮށްދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2023 | ހުކުރު 09:39
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދިވެހިރާއްޖޭގެ ހުކުރު ޚުތުބާއަކީ ލާމަސީލު ޚުތުބާއެއް ކަމަށާއި، ކުރިއަށްއޮތްތަނުގައި އިނގިރޭސި، އަދި ބަންގްލަދޭޝް ބަހަށް ތަރުޖަމާކުރުމަށްފަހު އޮންލައިންކޮށް ޚުތުބާ ބެލޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި މިނިސްޓަރު ޝާހިމް ވިދާޅުވީ އަބަދުވަސް ކަންކަން ނިންމެވުމައި ރައްޔިތުންގެ ހިޔާލު ހޯއްދަވާ ކަމަށެވެ. އެގޮތުން މިފަހުން ޚުތުބާ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ކިޔުމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރެއްވި ކަމަށާއި، ވަރަށް ބިނާކުރަނިވި ރަނގަޅު ހިޔާލުތައް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ދިވެހިބަހަށް އެކަމުން ގެއްލުން ލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ބޭރުގެ މުސްލިމް ޑިޕްލޮމެޓުންނާއި ފަތުރުވެރިންނާއި އަދި މަސައްކަތްތެރި ދިރިއުޅެމުންދާ ކަމަށާއި ޚުތުބާގައި ކިޔާއެއްޗެއް އެނގެން އެ ފަރާތްތައް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ މުސްލިމް ނޫން މީހުންނަށް ވެސް ޚުތުބާގައި ފޯރުކޮށްދޭ މައުލޫމާތު ފަހުމްވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިސްލާމީ ރިސާލަތު ފޯރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ޚުތުބާއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ޚުތުބާއަކީ ލާމަސީލު ޚުތުބާއެއް ކަމަށާއި ވަށައިގެންވާ ހުރިހާ ކަމަކާއި ހިނގާކަންކަމާއި ގުޅޭގޮތުން އިސްލާމީ ނަޒަރުން ޚުތުބާ ގެނެސްދީފައިވާ ކަމަށެވެ. ނަމަވެސް އިސްލާމީ ބައެއް ގައުމުގައި ބައެއް ވާހަކަތައް ނުދެއްކޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެހެންބަހަކުން ޚުތުބާ ގެނެސްދިނުމާއި ގުޅޭގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ އާއްމު ރައްޔިތުންގެ ހިޔާލުތަކަށްފަހު، އެކަމާއި ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ނިންމާފައި އޮތީ ޚުތުބާ ޓީވީން ގެނެސްދެމުންދާއިރު، އިނގިރޭސިބަހުން ސަބްޓައިޓްލް އެރުވުމަށްފަހު، އޮންލައިންކޮށް ދިވެހި ޚުތުބާ އިނގިރޭސި އަދި ބަންގްލަދޭޝް ބަހަށް ތަރުޖަމާކުރާ ގޮތަށް ކަމަށެވެ. އަދި ޚުތުބާ އެހެން ބަސްތަކުން ތަރުޖަމާކުރުމަށްފަހު ޝާއިއުކުރުމުން އެހެން ގައުމުތަކަށް ވެސް ދިވެހި ޚުތުބާ ލިބޭނެ ކަމަށާއި އެހެން ގައުމުތަކުގައި ވެސް ރާއްޖޭގެ ޚުތުބާ ބޭނުންކުރުން ވެސް ވަރަށް ގާތް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ އިސްލާމީ ގައުމުތަކުގައި އެގައުމުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ނުވަތަ އެކޮމިއުނިޓީތަކަށް ނަސޭހަތްތެރިވާ ކަމަށާއި، އެގައުމެއްގެ ދީނާއި، ސަގާފަތް ބުނެދޭން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ކަމެއް ނުކުރާ ކަމަށާއި، އެކަމަކުގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބައެއް ކުށްތަކަށް އަރައިގަންނަ މީހުންގެ ތެރޭގައި ބޭރުގެ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށެވެ.

ހުކުރު ޚުތުބާއިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު