Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަގުވާމީ ލަގްޒަރީ ޓްރެވަލް މާކެޓު

ބައިނަލްއަގުވާމީ ލަގްޒަރީ ޓްރެވަލް މާކެޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ފެއާ ކުރިއަށްދިޔައީ މިމަހުގެ 4-7 އަށް ފްރާންސްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ޑިސެމްބަރު 2023 | ހުކުރު 06:44
އައިއެލްޓީއެމް ކޭންސްގައި ރާއްޖޭގެ ސްޓޭންޑެއްގައި މައުލޫމާތު ދެނީ

އައިއެލްޓީއެމް ކޭންސްގައި ރާއްޖޭގެ ސްޓޭންޑެއްގައި މައުލޫމާތު ދެނީ

އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް، (އައިއެލްޓީއެމް) ކޭން 2023ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މި ފެއާ ކުރިއަށްދިޔައީ މިމަހުގެ 4-7 އަށް ފްރާންސްގެ ޕްލޭ ޑެ ފެސްޓިވަލްސް އެ ޑު ކޮންގްރޭގައެވެ.

އައިއެލްޓީއެމް ކޭންއަކީ ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގެތެރެއިން އެންމެ ބޮޑު އެއް ފެއާއެވެ. މި ފެއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓުތަކުގެ ތެރެއިން ފްރާންސާއި އެމެރިކާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އައިއެލްޓީއެމް ކޭންގައި އިންޑަސްޓްރީ ޕާޓްނަރުންނަށް ޓްރެވަލް ޓްރޭޑާއި ބައްދަލުކޮށް، ޕާޓްނާޝިޕްތައް އިތުރުކޮށް ރާއްޖޭގެ ލަގްޒަރީ ސެގްމަންޓާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވަކިވަކި ލަގްޒަރީ ޕްރޮޕަޓީތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ ފުރުސަތުތައް ވެސް ލިބިގެންދިޔަ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެއާގައި އެމްއެމްޕީއާރުސީއިން ރާއްޖޭގެ ސްޓޭންޑް ފަރުމާކުރީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ސިފަތަކާއެކުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ގުޅިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ނޮވެމްބަރު 23 އާ ހަމައަށް 348 ހަރަކާތެއް ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވުނު ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ރަޝިއާއިންނެވެ. އޭގެ އިތުރުން އިންޑިއާ އާއި ޗައިނާ އިން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

އެމްއެމްޕީއާރްސީރާއްޖޭގެ ފަތުރުވެރިކަން

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު