Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް

ޕީއެންއެފް އުފެއްދުމަށް 3،000 ފޯމު ހަމަވެ، އިލެކްޝަންސްއަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް

7 ޑިސެމްބަރު 2023 | ބުރާސްފަތި 09:28

އީސީގެ ފަރާތުން އެ ޕާޓީއަށް ބޭނުންވާ އޮންލައިން ޕޯޓަލް ނުލިބުމުގެ ސަބަބުން ފޯމުތައް ހުށަހެޅުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، އަވަހަށް އީސީއަށް ހުށަހަޅާނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 09:28
ޕީއެންއެފް އުފެއްދުމުގެ ތެރެއިން

ޕީއެންއެފް އުފެއްދުމުގެ ތެރެއިން

ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް 3،000 މެމްބަރުންގެ ފޯމު މިހާރު ވެސް ހަމަކުރެވިފައިވާ ކަމަށާއި، މިހާރު ކުރެވެމުންދަނީ އިލެކްޝަންސް ކޮމިޝަނަށް އެ ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކަމަށް އެ ޕާޓީގެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފެއްދުމުގެ އެންމެ ފަހުގެ މައުލޫމާތު "ރާއްޖެ އެމްވީ" އަށް ދެއްވަމުން މަލީޙް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ފޯމުތައް ހަމަކުރެވިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އިލެކްޝަންސްއަށް ހުށަހެޅުމަށް އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ޕާޓީއަށް ބޭނުންވާ އޮންލައިން ޕޯޓަލް ނުލިބުމުގެ ސަބަބުން ރާއްޖޭގެ ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުން ފުރި ފޯމުތައް ޕްރޮސެސް ކުރުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ ފޯމުތައް މާލެއަށް ގެނެސް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަލީހް ވިދާޅުވިއެވެ.

"އަލަށް ޕާޓީއެއް އުފައްދަވާއިރު ހުރޭ ދެއްތޯ ދަތިތަކެއް. ތަފާތު ކަންތައްތަކެއް. މިސާލަކަށް ޕާޓީއަށް ރަޖިސްޓްރީ ކުރާ މީހާގެ މަންމަގެ އައިޑީކާޑު ނަންބަރު ވެސް ޖަހަން ޖެހޭ. އައިޑީކާޑުގައި އިންނަ ފޮޓޯ އާ ޕާޓީގެ ފޯމުގައި އިންނަ ފޮޓޯ އެއް ފޮޓޯއަކަށް ނުވެވޭ. އެހެންވީމާ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ،" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، އަމާޒަކީ ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ކުރުން ކަމަށެވެ.

މަލީޙް އިތުރަށް ވިދާޅުވީ އެ ޕާޓީއަށް ވަނުމަށް، ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި، އެ މަސައްކަތް ޕާޓީ އުފެއްދުމުގެ މަސައްކަތް ނިންމުމަށްފަހު ފަށާނެ ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމިނިސްޓަރ މަލީހު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
31 އޮކްޓޯބަރު 2025

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
16 މެއި 2025

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ
28 ފެބުރުއަރީ 2025

މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

28 ފެބުރުއަރީ 2025
މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
17 ފެބުރުއަރީ 2025

މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް

17 ފެބުރުއަރީ 2025
މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް
16 ފެބުރުއަރީ 2025

ރާއްޖޭގެ ކުރިމަގަށް ރައީސް މުއިއްޒު އަދިވެސް ދައްކަވަމުންދަނީ ''އަލިފްލައިލާ''ގެ ވާހަކަތައް: ޔާމީން

16 ފެބުރުއަރީ 2025
ރާއްޖޭގެ ކުރިމަގަށް ރައީސް މުއިއްޒު އަދިވެސް ދައްކަވަމުންދަނީ ''އަލިފްލައިލާ''ގެ ވާހަކަތައް: ޔާމީން
04 ފެބުރުއަރީ 2025

ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!

04 ފެބުރުއަރީ 2025
ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް