Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޭޝިއާ ފުޓްބޯޅަ

ކުއެރޯޒް ގަތަރުގެ ކޯޗުކަމުން ވަކިކުރީ ކީއްވެ؟

މަގާމުން ވަކި ކުރުމުން ކުއެރޯޒް ވަކި އެއްޗެއް ނުބުނޭ

ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 06:54
އީރާންގެ ކޯޗު ކުއެރޯޒް

އީރާންގެ ކޯޗު ކުއެރޯޒް

ގަތަރުގެ ކޯޗުކަމާ ހަވާލުވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ކޯޗު ކާލޮސް ކުއެރޯޒް ވަނީ މަގާމުން ވަކިކޮށްފައެވެ. އޭޝިއަން ކަޕަށް މަހަކަށްވުރެ ކައިރިވެފައިވަނިކޮށް ދިފާއީ ޗެމްޕިއަން ޓީމު ކުއްލި ބޮޑު ބަދަލެއް ގެނައީ ކީއްވެ ހެއްޔެވެ؟

ކުއެރޯޒަކީ ތަޖުރިބާކާރު ކޯޗެކެވެ. މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓެންޓް ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ހެޑްކޯޗުކަން ކުރިއެވެ. ޕޯޗުގަލް އާއި އިރާން އަދި މިސްރު ފަދަ ގައުމުތަކުގެ ހެޑްކޯޗުކަން ވެސް ކުރިއެވެ. އޭނާ އަށް ގަތަރުގެ ގައުމީ ކޯޗުކަން ދިނީ މި ޕްރޮފައިލަށް ބަލައި އެންމެ ފަހުގެ ވޯލްޑްކަޕަށް ފަހުއެވެ. އެއީ ގަތަރުގައި ބޭއްވި ވޯލްޑްކަޕުގައި ގަތަރު ހޯދި ދެރަ ނަތީޖާ އާއި ކުއެރޯޒް ކޯޗުކޮށްދިން އިރާނު ޓީމުގެ ފަންވަރު ވަޒަންކުރެވުމުންނެވެ.

ގަތަރުން ކުއެރޯޒްގެ އަގުބޮޑު ކޮންޓްރެކްޓް އުވާލި ސީދާ ސަބަބެއް ނުބުނެއެވެ. ނަމަވެސް މިއީ ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބޭނުންވެގެން ގެނައި ބަދަލެކެވެ. ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް ނިމުނު ވާހަކަ ދެއްކީ މިހެންވެއެވެ. މިކަމާ ކުއެރޯޒް ވެސް އަދި ވަކިއެއްޗެއް ނުބުނެއެވެ. އޭނާ ހަނު ހުރީ ވެސް އަމިއްލަ އަށް ނިންމި ނިންމަކަށްނުވާތީ ކަމަށް ބެލެވެއެވެ.

ގަތަރުގެ ފުޓްބޯޅަ ދިރާސީކުރާ ފަރާތްތަކުން ބުނަނީ ކުއެރޯޒް ވަކިކުރުމުގެ ފަހަތުގައިވަނީ މައިގަނޑު ދެ ސަބަބެކެވެ. ފުރަތަމަ ސަބަބަކީ މާބޮޑަށް ޑިފެންސިވް ގޭމަކަށް އިސްކަންދިނުމެވެ. ގަތަރުގެ ފުޓްބޯޅަ ބައްޓަންކުރަން އެ ގައުމުން ބޭނުންވަނީ ޔޫރަޕުގެ އެޓޭކިން ގޭމަށެވެ. މިބަދަލު ކުއެރޯޒަކަށް ނުގެނެވުނެވެ.

ދެ ވަނަ ސަބަބަކީ ގަތަރުގެ އެސްޕަޔާ އެކެޑަމީގެ ޒުވާން ކުދިންނަށް ގައުމީ ޓީމުގައި ވިދާލާނެ ފުރުސަތު ނުދެވުނެވެ. ނޫންނަމަ އެކެޑަމީ ގްރެޖުއޭޓުން ހިމަނައިގެން ވަރުގަދަ ޓީމެއް ބިނާކުރުމުގެ މިސްރާބަށް ދަތުރު ނުކުރެވުމެވެ.

މިހެންވެ އައު ކޯޗަކަށް ހަމަޖައްސާފައިވަނީ އަނެއްކާ ވެސް އެ ގައުމުގެ ފުޓްބޯޅަ އެނގޭ ސްޕޭން މީހެކެވެ. އޭޝިއަން ކަޕް ދިފާއު ނުކުރެވުނަސް އޭނާގެ ޓާގެޓަށް އޮތީ ރަނގަޅު ވަރުގަދަ ޓީމެއް ބިނާކުރުމެވެ.

ގަތަރުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު