Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރީޖަނަލް އެއަރޕޯޓްގެ މަސައްކަތްތައް

މިވަގުތު ކުރަމުން އަންނަނީ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް: މުބީން

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އެއަޕޯޓްގެ އެކްސްޓެންޝަން މަސައްކަތްކުރިޔަށްދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2023 | ބުދަ 00:43
ރީޖަނަލް އެއަރޕޯޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން

ރީޖަނަލް އެއަރޕޯޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން

ރީޖަނަލް އެއަރޕޯޓް ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް 7 އެއަރޕޯޓްގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ރީޖަނަލް އެއަރޕޯޓް ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ އެއަރޕޯޓްތައް އެސެސްކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ކުރިޔަށް އޮތް މަސްދުވަސްތެރޭގައި އެއަރޕޯޓްތަކުގެ ހާލަތު ދެނެގަނެވޭނެކަމަށެވެ. އަދި މިހާރުން މިހާރަށްވެސް ބައެއް އެއަރޕޯޓްތަކަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް މުބީން ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ގިނަ އެއަރޕޯޓްތަކެއް ހުރީ މަރާމާތުކުރަންޖެހިފައި ކަމަށާއި ފެން ލީކުވުން ފަދަ މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށެވެ. އެހެންކަމުން ކޮންމެ އެއަރޕޯޓެއްގެ ހާލަތު ވަކިވަކިން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މުބީން ވިދާޅުވިއެވެ.

މީގެއިތުރުން މުބީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އެއަޕޯޓްގެ އެކްސްޓެންޝަން މަސައްކަތްކުރިޔަށްދާނެކަމަށެވެ. އެއާއެކު އެ އެއަރޕޯޓްގައި ހައްލުކުރަން ހުރި ކަންކަންވެސް ހައްލުކުރާނެކަމަށް މުބީން ވިދާޅުވިއެވެ.

އެއަރޕޯޓްތަކުގައި ހުންނަ މައްސަލަތައް ހައްލުކުރުމަށް ކުރިޔަށް އޮތްތަނުގައި އެއަރޕޯޓްތައް ޑިޒައިންކުރާ ހިސާބުން ފެށިގެން ރީޖަނަލް އެއަރޕޯޓްގެ ބައިވެރިވުން އޮންނާނެކަމަށް މުބީން ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި އެއަރޕޯޓްތައް ހެދިގެންދާނީ 50 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތެއް ކުރަންނުޖެހޭ ގޮތަށްކަމަށް މުބީން ވިދާޅުވިއެވެ.

މީގެއިތުރުން އެއަރޕޯޓްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ފަތުރުވެރިކަމުގެ މޮޑެލްތައް ތަޢާރަފްކުރެވިގެންދާނެކަމަށް މުބީން ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްގެ ދަށުގައި ހުރި އެއަޕޯޓްތަކަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ހޯރަފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް، ފަރެސްމާތޮޑާ އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓެވެ. މީގެއިތުރުން މިހާރު ހަދަމުން އަންނަ މަގޫދޫ އެއަރޕޯޓަކީވެސް ރީޖަނަލް އެއަރޕޯޓްގެ ބެލުމުގެ ދަށުގައި އޮތް އެއަރޕޯޓެކެވެ.

ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
20 ޑިސެމްބަރު 2023

ކުޅުދުއްފުށި އެއަރޕޯޓްގެ އައު ޓަރމިނަލްއާއި އިތުރު ޙިދުމަތްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ

20 ޑިސެމްބަރު 2023
ކުޅުދުއްފުށި އެއަރޕޯޓްގެ އައު ޓަރމިނަލްއާއި އިތުރު ޙިދުމަތްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ
19 ޑިސެމްބަރު 2023

ކުޅުދުއްފުށި އެއަރޕޯޓް ކައިރި އޮތް ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރަނީ

19 ޑިސެމްބަރު 2023
ކުޅުދުއްފުށި އެއަރޕޯޓް ކައިރި އޮތް ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރަނީ
14 ނޮވެމްބަރު 2023

މަގޫދޫ އެއަރޕޯޓް ހިންގަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއަށް

14 ނޮވެމްބަރު 2023
މަގޫދޫ އެއަރޕޯޓް ހިންގަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއަށް
16 މާރިޗު 2023

ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދަށް އަހަރަކު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނާނެ: ރިޒްވީ

16 މާރިޗު 2023
ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދަށް އަހަރަކު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނާނެ: ރިޒްވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު