Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފެޝަންގެ ދުނިޔެއިން ވެއްޓަށް ދޭ ގެއްލުން

އެނގޭތަ؟ ކަނޑާއި ވައިގެ ދަތުރުތަކަށްވުރެ ފެޝަންގެ ދުނިޔެއިން ވެއްޓަށް ދޭ ގެއްލުން ބޮޑު!

ފެޝަންގެ ދުނިޔޭގެ ޢަމަލުތައް ހުންނަނީ ވެއްޓާ ރައްޓެހި މޭރުމަކުންކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ޤާނޫނުތަކެއް އެކުލަވާލުމަށް ސްޓެލާ ވަނީ ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 06:38
އިނގިރޭސި ފެޝަން ޑިޒައިނަރ، ސްޓެލާ މެކަރޓްނީ

އިނގިރޭސި ފެޝަން ޑިޒައިނަރ، ސްޓެލާ މެކަރޓްނީ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިއްސާދާރުންނަކީ ކޮބައިތޯ ސުވާލުކޮށްލައިފިނަމަ ގިނަ ފަހަރަށް ދުލުކުރިއަށް އެންމެ ފުރަތަމަ އަންނަ އެއްޗަކަށް ވެފައި އޮންނަނީ ޕްލާސްޓިކް ފުޅިއާއި، ކޮތަޅާއި އެފަދަ ކުނިބުނީގެ ލިސްޓެކެވެ. ނޫނީ އެކި މަންސަތަކުގައި ކޮޅުކޮޅަށް ދުއްވާ އުޅަނދުފަހަރުތަކުން ބޭރު ކުރާ ވިހަ ދުމުގެ ވާހަކައެވެ. ފަހަރެއްގައިވެސް، ޒަމާނީ ފެޝަންގެ ހިއްސާއެއް އެކަމުގައި އޮވެދާނެ ކަމާ މެދު އެއް ފަހަރުވެސް ވިސްނާލެވުނު ހެއްޔެވެ؟ ވަރަށް ނާދިރެވެ. އެހެނެއް ނޫން ހެއްޔެވެ؟

މި ދުވަސްވަރަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ވާހަކައިގެ އަޑުފަށްގަނޑު އަނެއްކާވެސް ގަދަވެފައިވާ ދުވަސްވަރެކެވެ. ސަބަބަކަށް ވަނީ ދުބާއީގައި ކުރިއަށް ދާ ކޮޕް-28 ނުވަތަ މޫސުމީ ބަދަލުތަކާ ބެހޭ އދގެ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ރިޢާޔަތްކޮށް ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އެންމެ ވަރުގަދަ ބައްދަލުވުމެވެ. ބައްދަލުވުމުގެ ހަވާސާގައި ހުރެ، މި ބުނި ފެޝަންގެ ދުނިޔެ ތެރެއިން މޫސުމަށް ނޭދެވޭ އަސަރު ފޯރުވާ މައްސަލައަށް އަލިއަޅުވާލި އެކަކީ އިނގިރޭސި ފެޝަން ޑިޒައިނަރ، ސްޓެލާ މެކަރޓްނީއެވެ.

ފެޝަންގެ ދުނިޔޭގެ ޢަމަލުތައް ހުންނަނީ ވެއްޓާ ރައްޓެހި މޭރުމަކުންކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ޤާނޫނުތަކެއް އެކުލަވާލުމަށް ސްޓެލާ ވަނީ ގޮވާލާފައެވެ.

މީޑިއާއާ ވާހަކަދައްކަމުން ދިޔައިރު ސްޓެލާގެ ފަހަތުން ފެންނަން ހުރި އެކި ޒާތްޒާތުގެ އަންނައުނަކީ، 200 މިލިއަން ޑޮލަރުގެ އަގުހުރި، ދެމެހެއްޓެނިވި އިންވެސްޓްމަންޓް ފަންޑެއްގެ ދަށުން އުފައްދާފައިވާ ބައެއް އުފެއްދުންތަކެވެ. ޚުދު ސްޓެލާއަކީވެސް އެ ފަންޑުގެ ކޯ-ފައުންޑަރެކެވެ. ސްޓެލާ ބުނި ގޮތުގައި ކޮޕް-28ގެ ބައްދަލުވުންތަކަށް އޭނާ ދިޔައީވެސް ފެޝަންގެ ސިނާޢަތުން ދުނިޔެއަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމާ ބެހޭ ގޮތުން، ސިޔާސަތު އެކުލަވާލާ ފެންވަރުގެ ބޭބޭފުޅުންނާ ވާހަކަދެއްކުމުގެ މަޤްޞަދުގައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގު ފަހި ކުރާ އެންމެ ބޮޑު އެކައްޗަކީ ދުނިޔެ ހޫނު ކުރާ ވިހަ ގޭސް ނުވަތަ ގްރީން ހައުސް ގޭސްތަކެވެ. ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް އަރައިގެން ދާ ވިހަ ގްރީން ހައުސް ގޭސްތަކުގެ 10 ޕަސެންޓް ހިއްސާ ކުރަނީ އެކި ކަހަލަ އަންނައުނާއި ބޫޓާއި ފައިވާން ފަދަ ތަކެއްޗެވެ. މިއީ، ބައިނަލްއަޤުވާމީ ފެންވަރުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކަނޑާއި ވައިގެ މަގުން ކުރާ ދަތުރުތަކުން އެކު ޖުމުލަ ހިއްސާ ކުރާ މިންވަރަށް ވުރެވެސް ބޮޑު ޢަދަދެކެވެ.

ސްޓެލާގެ ފަހަތުން ފެންނަން ހުރި ޝޯކޭހުގައި ހުރި ބައެއް އުފެއްދުންތަކަށް ބަލާއިރު، މަސްނޫޢީ ލެދަރާއި ކެހެރީގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ފެޝަންގެ އޭތިމީތި ހުއްޓެވެ. އުކާލާ ޕްލާސްޓިކް އަލުން ބޭނުން ކުރެވޭ ގޮތް ހަދައިގެން ތައްޔާރުކޮށްފައިވާ ކޯޓެއްވެސް އެ ޝޯކޭހުގައި ހުއްޓެވެ.

ފެޝަންގެ ދުނިޔޭގައި ޢާންމުކޮށް ކަން ކުރަމުން އަންނަ އުސޫލު ދޫކޮށް އެހެން ގޮތްތަކެއް އިޚްތިޔާރު ކުރުމުގެ ތެރޭގައި، ޖައްވަށް ބޭރުވެގެންދާ ކާބަންޑައިއޮކްސައިޑް (ސީއޯ-ޓޫ) ގެ މިންވަރު އިތުރުވުމުގެ އޮވެދާނެތޯ ސުވާލު ކުރުމުން ސްޓެލާ ދިނީ ފުރިހަމަ ޖަވާބެކެވެ. ކުޅޭ އެއްޗެހި އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޑެންމާކްގެ ލެގޯ ކުންފުނިން ގެނައި މިފަދަ ބަދަލަކާއެކު ޖައްވަށް ވިހަ ގޭސް ބޭރުވި މިންވަރު އިތުރުވެގެން ދިޔައިރު، ސްޓެލާ ބުނާ ގޮތުގައި އެންމެ ފުރިހަމަ ނަތީޖާ ނެރެވެން އަންނަނީ، ހިސާބު ޢަދަދުތައް ޖަހާ އިރު، އިންސާނާގެ އަޚުލާޤާއި ސުލޫކީ ހަމަތައްވެސް ވަޒަންކޮށްގެން ކަމަށެވެ.

ތެލުގެ އަސްލުން އުފައްދާފައި ހުންނަ ޕްލާސްޓިކް ދޫކޮށް، ރީސައިކަލް ކޮށްފައި ވާ ޕޮލީއެތުލީން ޓެރެފްތަލޭޓް (އާރްޕެޓް) ބްލޮކްސް އުފެއްދުމުގެ މަރުހަލާގައި، ޖައްވަށް ބޭރުވާ ސީއޯ-ޓޫގެ މިންވަރު އިތުރުވާ ކަން ހާމަވުމާއެކު، ލެގޯ ކުންފުނިން ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަޝްރޫޢު ހުއްޓާލާފައެވެ.

ކޮޕް28ފެޝަންގެ ދުނިޔެއިން ވެއްޓަށް ދޭ ގެއްލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން މަސައްކަތްކުރާނެ - މިނިސްޓަރު ތާރިޤް

ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން މަސައްކަތްކުރާނެ - މިނިސްޓަރު ތާރިޤް

06 ޑިސެމްބަރު 2023
ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީން ވެއްޓަށް ދޭ ގެއްލުން ކޮޕް-28 އަށް ނުފެންނަނީތަ؟

ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީން ވެއްޓަށް ދޭ ގެއްލުން ކޮޕް-28 އަށް ނުފެންނަނީތަ؟

05 ޑިސެމްބަރު 2023
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އުފައްދައިދޭނެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކުރުން: ރައީސް މުއިއްޒު

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އުފައްދައިދޭނެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކުރުން: ރައީސް މުއިއްޒު

01 ޑިސެމްބަރު 2023
ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

01 ޑިސެމްބަރު 2023
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު