Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާ ސިފައިން ބޭލުން

އިންޑިއާ ސިފައިން ބޭލުމަކީ "ނެގޯޝިއޭޓް" ކުރައްވާނެ ކަމެއް ނޫންކަމަށް ވިދާޅުވިނަމަވެސް މިއަދު ފެންނަނީ އެ މަންޒަރެއް ނޫން

4 ޑިސެމްބަރު 2023 | ހޯމަ 09:43

މުއިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު އެޖެންޑާއަކީވެސް ބޭރުގެ ސިފައިން ބޭލުން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޑިސެމްބަރު 2023 | ހޯމަ 09:43
ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ

ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތް ކުރުމާއި ދީން ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަމަކީ ސަރުކާރުން އެއަށް އިތުރަށް "ނެގޯޝިއޭޓް" ކުރާނެ ކަންކަމެއް ނޫންކަމަށް މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އެކި މަހައްލުތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ނެގޯޝިއޭޓް ނުކުރުމުގެ މާނައަކީ އެއީ އިތުރު މަޝްވަރާއެއް، ހިޔާލުތަކެއް، އުނިއިތުރު ކަމެއްނެތި، ރަނުން ރަނަށް އެ ވިދާޅުވި ކަމެއް އެގޮތަކަށް ކުރުމެވެ.

އެހެންނަމަވެސް ފެންނަމުންމިދާ މަންޒަރުތަކުން ނެގޯޝިއޭޓުގެ މާނަވެސް މުޅިން އޮޅިއްޖެއެވެ.

ޑރ މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން މީޑިއާތަކާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު، ކުރިން އަޑުފުޅަށް ބާރު ލައްވާފައި ވިދާޅުވި ވާހަކަތައް މިހާރު އިވެނީ ތަންކޮޅެއް ލޮނުމަޑުކޮށެވެ.

ރާއްޖޭގައި އެއްވެސް ގައުމެއްގެ ބޭރުސިފައިން ތިބެގެން ނުވާނެ ކަމަށާއި އެއީ ނެގޯޝިއޭޓް ކުރެވޭނެ ކަމެއް ނޫންކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އެ ދުވަހު ޑރ މުއިއްޒު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު، އިންޑިއާ ސަރުކާރަށް އެކަން ރަސްމީކޮށް ދަންނަވަން ލިބިވަޑައިގެން އެންމެ ފުޅާ ފުރުސަތުގައި ވެސް އެ މައުޟޫއަށް ވާހަކައެއް ދެއްކެވިކަމެއް މިއަދު އެނގޭކަށް ނެތެވެ. ދެއްކެވިނަމަ އެއީ ސިއްރު ނުކުރައްވައި ފަޚުރުވެރިކަމާއެކު ހާމަވެސް ކުރެއްވޭނެ މައުލޫމާތުތަކެއް ނޫންތޯއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަން ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވާނެކަމަށް އެންމެންވެސް ތިބީ އުއްމީދުކޮށްގެންނެވެ.

ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ދިވެހި ސަރުކާރުންނާއި ހުދު ނަރެންދްރަ މޯދީއާއި އިންޑިއާގެ އެކިއެކި ނޫސްތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް، ފެންނަން އޮތީ އެ މައްސަލަ އަދިވެސް އޮތީ މަޝްވަރާގެ މަރުޙާލާގެ ނިކަން ޅަފަތުގައި ކަމެވެ. ފިރުކެން ފަށައި ދުއްވައިގަންނަން އަދި ނަގާނެ ދުވަހެއްވެސް ނޭނގެއެވެ.

މުއިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު އެޖެންޑާއަކީވެސް ބޭރުގެ ސިފައިން ބޭލުން ކަމަށެވެ.  

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ފަސޭހަވާނެ ކަމަށާއި މިނިވަންކަން ކަށަވަރުވެގެންދާނެކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މިއީ "ނޮން ނެގޯޝިއަބަލް" ކަންކަމުގައި ފެނިގެންވާނެ މަންޒަރެއް ނޫނެވެ. ނޮން ނެގޯޝިއަބަލްގެ މާނައަކީ އިތުރަށް ނެގޯޝިއޭޓް ކުރުމެއް ނޯންނާނެއެވެ. އިތުރަށް މަޝްވަރާގެ ކޯ ގްރޫޕުތައް ހައްދަވައިގެން މަސައްކަތް ދިގު ދަންމާލެވޭކަށް ނޯންނާނެއެވެ. މިއީ ފިޔަވަޅު އަޅަންޖެހޭ މަރުޙަލާއެވެ. އަމަލީ ގޮތުން އެކަން ކުރައްވަން ޖެހޭ މަރުޙަލާއެވެ.

މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭރު ވިދާޅުވެފައިވާއިރު، މިއަދު އެކަން އަމަލީ ގޮތުން ފެންނަންވެސް ޖެހެއެވެ. ނޮން ނެގޯޝިއަބަލްއޭ ވިދާޅުވެ، ތިޔަ ނެގޯޝިއޭޓް ކުރައްވަން ޖާގަ ދެއްވަވަނީ ކީއްވެގެންތޯއެވެ؟

އިންޑިއާ އައުޓްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް