Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަގު ޑޮލަރު ދިނުން

ވަގު ޑޮލަރު ދީގެން ގަތް އަގޮބޮޑު ފޯނުތައް ގެންގުޅުމުން މަނީ ލޯންޑަރިންގގެ ދައުވާ

ކުށް ކޮށްގެން ހޯދާފައިވާ މުދާ އަތުގައި ބެހެއްޓުމަކީވެސް މަނީ ލޯންޑަރިންގ އަށް ފެތޭ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 06:05
ސ ހުޅުދޫ އިރަމާގޭ ހުސައިން ޒައިދާން އަލީއާއި، ސ ހިތަދޫ އެބީވިލާ އަލީ އަކްރަމް

ސ ހުޅުދޫ އިރަމާގޭ ހުސައިން ޒައިދާން އަލީއާއި، ސ ހިތަދޫ އެބީވިލާ އަލީ އަކްރަމް

ސައްޙަ ނޫން ޑޮލަރު ދީގެން އިލެކްޓްރޯނިކް ވަސީލަތްތަކެއް ގަތް މައްސަލައިގައި ދެމީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ ހުޅުދޫ އިރަމާގޭ ހުސައިން ޒައިދާން އަލީއާއި ސ ހިތަދޫ އެބީވިލާ އަލީ އަކްރަމްގެ މައްޗަށެވެ.

Advertisement - newsAdvertisement

އެމީހުންގެ މައްޗަށް ދައުލަތުން 3 ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ ސައްޙަ ނޫން ލިއުމެއް ދިނުމުގެ ކުށުގެ ދައުވާ، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ފިހާރައަކުން ޑެލިވަރީ ކޮށްދިން އައިފޯން 14 ޕްރޯ (256 ޖީބީ) ގެ ދެ ފޯނަށް ސައްޙަ ނޫން ޑޮލަރު ދައްކާފައިވާކަމަށެވެ. އެއީ 100 އެމެރިކާ ޑޮލަރުގެ 29 ނޫޓެވެ. އެގޮތުން ދެ ފޯނުގެ ޖުމުލަ އަގަށްވާ 2990 އެމެރިކާ ޑޮލަރު އެމީހުން ވަނީ ސައްޙަ ނޫން ނޫޓުން ދައްކާފައެވެ.

އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަށަވަރު ކޮށްދީފައިވާ ލިއުންތައް ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެމީހުން މި ކުށް ކޮށްފައިވަނީ ރާވައިގެން، ނުހަނު އިންތިޒާމުވެގެންނެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން އެމީހުން ދެނެގަނެވިފައިވެސް ވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކުށް ކޮށްގެން ހޯދާފައިވާ މުދާ އަތުގައި ބެހެއްޓުމަކީވެސް މަނީ ލޯންޑަރިންގ އަށް ފެތޭ ކަމެއްކަމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ދައުވާއަށް ޖަވާބުދާރީ ވެފައިވާއިރު، އެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެއީ ދުވަހަކުވެސް ކުރި ކަމެއް ނޫންކަމަށް ދައުވާލިބޭ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރެއިން އަކްރަމް ވަނީ ދިފާއުގައި ހެކިވެސް ހުށައަޅަން ބޭނުންވާކަމަށް ބުނެފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކޮށްފައިވާއިރު، 5 ޝަފަހީ ހެކިންނާއި، ކިތާބީ ހެކިތައް ދައުލަތުން ވަނީ ހުށައަޅާފައެވެ.

ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބައްލަވައި، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ނިންމަވާފައެވެ.

ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށްވެސް ފުރުސަތު ދެއްވާފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެމްއޭޑޮލަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު