Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްއޭ

ލައިސަންސެއް ނެތި ޕޭމަންޓް ޚިދުމަތްތައް ދޭ ފަރާތްތަކަށް 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތައް ގާނޫނަށް އިސްލާހު ގެންނަނީ

މި އިސްލާހުގެ ސަބަބުން އެމްއެމްއޭ އަށް ޕޭމަންޓް ސިސްޓަމްތައް ހިންގުމަށް ކުންފުނިތައް އުފެއްދުމުގެ ބާރު ލިބި، ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖުރިމަނާ ކުރުމުގެ ބާރުު ލިބިގެންދާނެ.

ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 16:19
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ލައިސަންސެއް ނެތި ޕޭމަންޓް ޚިދުމަތްތައް ދޭ ފަރާތްތަކަށް 100،000 ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތައް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެންބަރު، މަކުނުދޫ ދާއިރާ ގެ މެމްބަރު އާދަމް ޝަފީޤު ހުށަހެޅުއްވި މި އިސްލާހުގެ މަޤްޞަދެއް ކަމަށް ބުނެފައިވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ގާނޫނީ ޝަހުސްތައް އުފެއްދުމުގެ ބާރު ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން އެމްއެމްއޭ އަށް ލިބި ދިނުމަށާއި، ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓް ކުރުން މަނާ ކޮށް އަދަބު ކަނޑައެޅުމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުން ކަމަށެވެ.

Advertisement - businessAdvertisement

މި ބިލު ފާސްވުމުން ޕޭމަންޓް ސިސްޓަމްތައް ހިންގުމާއި ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާނެ ކުންފުނިތަކާއި އެހެނިހެން ޤާނޫނީ ޝަޚްޞުތައް އުފެއްދުމާއި އެފަދަ ތަންތަނުގެ ހިއްސާ ގެނެވޭނެއެވެ. އަދި ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ހިއްސާދާރެއް ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރ އެއް އެމްއެމްއޭ އަށް އުފެއްދި ދާނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ޖޮއިންޓްވެންޗަރ އެއްގެ ހިއްސާދާރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ބައިވެރިއަކަށް ވެވިދާނެއެވެ.

މީގެ އިތުރުން، ބިލު ފާސްވުމުން ލައިސަންސް ނުވަތަ ހުއްދަ ނެތް ފަރާތްތަކުން ދިވެހިރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުން މަނާ ވާނެ އެވެ.

ހުށަހެޅިފައިވާ ބަދަލުތަކުގެ ދަށުން، "ސޮލިސިޓް" މާނަކުރެވިފައިވަނީ އާންމުންނަށް ޕޭމަންޓް ޚިދުމަތެއް ހުށަހެޅުން ނުވަތަ އެފަދަ ޚިދުމަތްތަކުގެ އިޝްތިހާރު ކުރުމެވެ. ހަމައެކަނި ޞައްޙަ ލައިސަންސެއް އޮތް ނުވަތަ އެމްއެމްއޭއިން ކަނޑައެޅިގެން އިސްތިސްނާ ދީފައިވާ ފަރާތްތަކަށް އެކަނި ރާއްޖޭގައި ޕޭމަންޓާ ގުޅުންހުރި ޚިދުމަތްތައް ހިންގުމާއި ޕްރޮމޯޓްކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

މިހާރު ޤާނޫނުގައި ވަނީ ލައިސަންސް ހޯދަން ޖެހޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް އިސްތިސްނާ ކޮށްފައެވެ. މީގެ ތެރޭގައި އެމްއެމްއޭ އިން އަމިއްލަ އަށް ހިންގާ ސިސްޓަމް ތަކާއި، ސެކިއުރިޓީތަކުގެ ސެޓްލްމަންޓްތަކަށް ފައިނޭންޝަލް ސެކިއުރިޓީޒް ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ސިސްޓަމްތަކާއި، ލައިސަންސް ލިބިފައިވާ ބޭންކުތަކުން އެ ބޭންކުތަކުގެ އަމިއްލަ ކަސްޓަމަރުންނަށް ހިންގާ އިންޓަރނަލް ޕޭމަންޓް ސިސްޓަމްތައް މީގެ ތެރޭގައި ހިމެނެއެވެ.

ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް، އެ ޚިލާފުވުމުގެ ކުޑަބޮޑުމިނަށް ބަލައި، 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

އެމްއެމްއޭޕޭމަންޓް ސިސްޓަމްއާދަމް ޝަފީޤުމަކުނުދޫ ދާއިރާޕީއެންސީގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު