Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ. މުއިއްޒު

ޔާމީންގެ އައު ޕާޓީ ޗެލެންޖަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ވިސްނުމުގައި އެމަނިކުފާނާއެކު ކުރިއަށްދާން ތިއްބެވި ހުރިހާ ބޭފުޅުންނާއެކު ކުރިއަށްދާން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޑިސެމްބަރު 2023 | ހޯމަ 00:55
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސަބަބުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކަންކަމަށް ބޮޑު ބަދަލުތަކެއް އަންނާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ފަހުން އެކަމާ ގުޅިގެން ރައީސް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޔާމީނުގެ އައު ޕާޓީގެ ސަބަބުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް ގޮންޖެހުންތަކާ ކުރިމަތިވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް މުއިއްޒު ދެއްވީ ނުސީދާ ޖަވާބެކެވެ. އެގޮތުން ގައުމީ ވިސްނުމުގައި އެމަނިކުފާނާއެކު ކުރިއަށްދާން ތިއްބެވި ހުރިހާ ބޭފުޅުންނާއެކު ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށާއި ގޮންޖެހުންތައް ކުރިމަތިވާނަމަ އެ ގޮންޖެހުންތަކާއެކު ވެސް ގައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހު ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ޕާޓީއިން ވަކިވެވަޑައިގެންނެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީއެވެ. އަދި އިންތިޚާބުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އެމަނިކުފާނުގެ ފޯން ކޯލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެކަން ބައެއް ކެންޑިޑޭޓުން މިހާރު ވެސް ވަނީ ހާމަކޮށްފައެވެ. އެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުން ނުކުންނާނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް ވެސް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް