Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަ އަލުން ފެށުން

ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު ހަމަވުމާއެކު އިސްރާއީލުން އަނެއްކާވެސް ބޮންއަޅަން ފަށައިފި

1 ޑިސެމްބަރު 2023 | ހުކުރު 06:28

ހަމާސްގެ ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް އަމާޒުވި ކަމަށް އިސްރާއީލުން ވަނީ ބުނެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 1 ޑިސެމްބަރު 2023 | ހުކުރު 06:28
އިސްރާއީލްގެ މިފަހަރުގެ ހަމަލާތައް ފަށާފައިވަނީ ޚާން ޔޫނިސްގެ ސަރަޙައްދުގައި

އިސްރާއީލްގެ މިފަހަރުގެ ހަމަލާތައް ފަށާފައިވަނީ ޚާން ޔޫނިސްގެ ސަރަޙައްދުގައި

ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ޣައްޒާ ގަޑިން މިއަދު ހެނދުނު 7:00 އާއި ހަމައަށް ހަމަވުމާއެކު އިސްރާއީލުގެ ނިރުބަވެރިން އަނެއްކާ ވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅަން ފަށާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ. 

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ޝެއިޚް ރަދުވާންއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެއްގަމުން ޣައްޒާގެ މެދުތެރޭގައި ވެސް ނިރުބަވެރިން ބަރު ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދާއިރު، އެމީހުން ދަނީ އެ ސަރަޙައްދުގައި އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ.

ހަމަލާތައް ފެށުމުގެ ކުރިން އެއްވެސް އިންޒާރެއް ނުދޭއިރު، އިސްރާއީލުން މިހާރު ބުނަމުންދަނީ އެއްބަސްވުމުގެ މުއްދަތު ނިމުނު އިރު ހަމާސްގެ ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުބާރުހުރި އެއްވެސް މަސްދަރަކުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އިސްރާއީލުގެ ޑްރޯންތަކުގެ އަޑު އަނެއްކާ ވެސް ގަދަވެދާނެ ކަމަށާއި ސަލާމަތްވާން ބޭނުން މީހަކު ނަމަ ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް އެނބުރި ދާންޖެހޭނެ ކަމަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބުނަމުންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބާރުގަދަ ބަޑީގެ ހަމަލާތަކާއި ވައިގެ މަގުން ބޮން އެޅުމުގެ ހާދިސާތައް ވެސް ޣައްޒާގައި ހިނގަމުންދާއިރު، ކުރިއަށް އޮތް ގަޑިތަކުގައި އިސްރާއީލުން އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ދޭ ހަމަލާތަކުގެ އަދަދު އިތުރުވެދާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ މިފަހަރުގެ ޓާގެޓަކީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އެކީއެކަށް ބިމާ ހަމަކޮށް ހަމާސްއާއި އަދި އެ ޖަމާޢަތާއި ގުޅުންހުރި ހުރިހާ ވަޞީލަތްތަކެއް ފޮހެލުން ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޣައްޒާއިޒްރޭލްފަލަސްތީނުހަމާސްހަމާސް-އިސްރާއިލް ހަނގުރާމަ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި
13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް