Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ހާލަތު

"ހަނދާންތަކެއް ފިޔަވައި މިއަދު މި ދުނިޔޭގައި އަހަރެންގެ އެކައްޗެއްވެސް ބާކީ ނެތް"

ބިމާ ހަމަވެފައިވާ އަވަށުގެ އެކި ހިސާބުތަކުގައި ޔާސިރު އަތްފުނާ އަޅަމުން ދިޔައީ ކޮންމެވެސް އެއްޗެއް ސަލާމަތް ކުރެވޭތޯ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 ނޮވެމްބަރު 2023 | ބުރާސްފަތި 16:28
ޔާސިރުގެ ޢާއިލާއިން އެކަނިވެސް 37 މީހެއްގެ ފުރާނަ ގެއްލިފައިވޭ

ޔާސިރުގެ ޢާއިލާއިން އެކަނިވެސް 37 މީހެއްގެ ފުރާނަ ގެއްލިފައިވޭ

"ހަނދާންތަކެއް ފިޔަވައި މިއަދު މި ދުނިޔޭގައި އަހަރެންގެ އެކައްޗެއްވެސް ބާކީ ނެތް. ހުރިހާ އެއްޗެއް ގެއްލިއްޖެއް." ޔަހޫދީ އިސްރާއީލުގެ ޤަތުލުޢާންމުގެ ޝިކާރައަކަށް ވެފައި ވާ ޣައްޒާގެ ޚާން ޔޫނިސްގައި އޭނާގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގޭގެ ބިމާ ހަމަކޮށްލާފައި ވާ ގައުކުނޑިތަކުގެ މަތީގައި އިށީނދެލައިގެން އިން ޔާސިރު އަބޫ ޝަމާލީ ބުންޏެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ދެމުން ގެންދިޔަ ޙަމަލާތަކުގައި ބިމާ ހަމަވެފައިވާ އަވަށުގެ އެކި ހިސާބުތަކުގައި ޔާސިރު އަތްފުނާ އަޅަމުން ދިޔައީ ކޮންމެވެސް އެއްޗެއް ސަލާމަތް ކުރެވޭތޯއެވެ. ވައްޓާލާފައި ވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުގައި، އޭނާގެ ދެބެންގެ ދެދަރި ކުއްޖަކު ތާށިވެފައި ނަމަވެސް އޮއްވާ ފެންނާނެ ކަމުގެ އުންމީދުގައެވެ.

އޮތީ ހަމައެކަނި އުންމީދެކެވެ. ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަމުގެ އިޙްސާސް، ޔާސިރުގެ ހިތަށް ދަތި ކުރުވައެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި ކަނޑާއި ވައިގެ މަގުން އިސްރާއީލުން ދެމުން ދިޔަ ޙަމަލާތަކުގައި، ޔާސިރުގެ ޢާއިލާއިން އެކަނިވެސް 37 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އޭނާ ބުނެއެވެ. އޮކްޓޯބަރ 26 ވަނަ ދުވަހު އިސްރާއީލުން ދިން ވައިގެ ޙަމަލާތަކެއްގައި، އޭނާގެ ޢާއިލާއަށް ނިސްބަތްވާ 2 ޢިމާރާތެއްވެސް އެކީ އެކައްޗަކަށް ބިމާ ހަމަކޮށްފައި ވާ ކަމަށް ޔާސިރު ކިޔައިދިނެވެ.

50 ދުވަހަށް ފަހު ޔަހޫދީން ޤަތުލުޢާންމު މަޑުޖައްސާލީ މިދިޔަ ހުކުރު ދުވަހުއެވެ. ޤަޠަރާއި މިޞްރު މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެން އެކުލަވާލި ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުން ތަންފީޒު ކުރަން ފެށި އިރު، ޣައްޒާއެއް ވާ ނެތެވެ. މުޅި ސިޓީ ސުންނާފަތިކޮށް ހަފުސްކޮށްފިއެވެ. ކުށެއް ނެތް އެތައް ބަޔަކު މަރައިފިއެވެ. އެވަރުންވެސް ޔަހޫދީންގެ ހިތެއް ހަމައެއް ނުޖެހުނެވެ. ޙަމަލާތައް އަދިވެސް އިތުރު 2 މަހެއްހާ ދުވަހަށް ދަންމާލާނެ ކަމަށް އިޒްރޭލުން ވަނީ އިންޒާރު ކޮށްފައެވެ.

4 ދުވަހަށް ތަންފީޒު ކުރަން ފެށި ޙަމަލާ މަޑުޖައްސާލުމުގެ އެއްބަސްވުމުގެ މުޙުލަތަށް 2 ދުވަސް އިތުރު ކޮށްފައި ވާ އިރު، އެތައް ބައެއްގެ އެދުމަކަށް ވެފައި ވަނީ އެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމަކަށް ވުމެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންނާއި، ފަލަސްޠީނުގެ ވަޒަންވެރިންނާ ދެމެދު ސިލްސިލާ ގޮތެއްގައި ބަދަލު ކުރަމުންދާ ޙަމަލާތަކާއި، ކުރަމުންދާ ހަނގުރާމަތަކުގެ ޙައްލަކީ، ވަކިވެފައި މިނިވަން 2 ދަޢުލަތެއްގެ ގޮތުގައި އިސްރާއީލާއި ފަލަސްޠީނު އުފެދިގެން އައުން ކަމަށް ވަކާލާތު ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް އޮކްޓޯބަރ 7 ވަނަ ދުވަހު އިސްރާއީލުން ހިންގަން ފެށި ނަސްލު ދޮވެލުމުގެ ޤަތުލުޢާންމާއިއެކު، ފަލަސްޠީނުގެ ބިމުން އިސްރާއީލަށް އެންމެ ވެލިފުކެއްގެ މިންވަރު ދިނުމަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު