Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އަސީރަކު މިނިވަންވުން

ހަމާސްގެ ބަންދުން އެމެރިކާ ރައްޔިތަކު ދޫކޮށްލުމުން ބައިޑެން މަރުހަބާ ވިދާޅުވެއްޖެ

އިތުރު އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ބައިޑެން ވަނީ ދެއްވާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2023 | ބުރާސްފަތި 02:08
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ޣައްޒާގައި ތިބި މީހުންގެ ތެރެއިން މިނިވަންކުރި އެމެރިކާ-އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ ލިއާޓް ބެއިނިން ނަމަކަށް ކިޔާ މީހަކު ރޭ ދޫކޮށްލުމުން ރައީސް ބައިޑެން އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ދޫކޮށްލުމުން މަރުހަބާ ވިދާޅުވާ ކަމަށާއި، އެ އަންހެން މީހާ ވަރަށް އަވަހަށް އޭނާގެ އާއިލާއާ ބައްދަލުކުރާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި ހަފްތާގައި ދޫކޮށްލި 39 ގައިދީންގެ ތެރޭގައި ރޭ ދޫކޮށްލި 16 މީހުންނަކީ މިސްރުން މެރުވެރިއެއްގެ ރޯލް އަދާކޮށް ހަމާސް އާއި އިސްރާއީލާ ދެމެދު މިދިޔަ ހަފުތާގައި ހެދި ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލި މީހުންކަމަށް އަލްޖަޒީރާއިން ބުނެއެވެ.

މިސްރާއި ގަތަރުން މެދުވެރިވެގެން މަޝްވަރާކޮށްފައިވާ ގައިދީންގެ މުއާމަލާތްތަކަކީ އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ އުދުވާންތައް އިތުރަށް ފުޅާވިޔަ ނުދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އެއްބަސްވުމުގެ މުހިންމު ކާމިޔާބީތަކެކެވެ.

ހަމާސްއިން ހިފަހައްޓާފައިވާ އިތުރު އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ބައިޑެން ވަނީ މިހާތަނަށް ލިބިފައިވާ ހަނގުރާމައިގެ އިތުރު ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. 

އަދި ހަނގުރާމަ މެދުކަނޑާލުމުން މާނަހުރި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައި އެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ވައުދުތައް ފުރިހަމައަށް ތަންފީޒުކޮށް އެ ވައުދުތަކަށް އިޙްތިރާމް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގައީދީން މިނިވަންކުރުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުން ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތުން ފަލަސްތީނުގެ 30 މީހުން އެންމެފަހުން މިނިވަންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޣައްޒާޖޯ ބައިޑަންއިޒްރޭލްފަލަސްތީނުދުނިޔެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު