Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

މާލޭ މޭޔަރު ކަމަށާއި ހުސްވެފައިވާ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސިޓީގެ 4 ގޮނޑިއާއި ރަކީދޫ ކައުންސިލަށް މެންބަރުން އައްޔަން ކުރަން ވަނީ ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2023 | ބުދަ 07:05
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

މާލެ ސިޓީ މޭޔަރު ކަމަށާއި މިވަގުތު ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީން މި ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 13 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. އެގޮތުން، ފަސް ގޮނޑިއަކަށް ވާދަ ކުރުމުގެ ފުރުސަތު އެ އިދާރާއިން މިހާރު ވަނީ ހުޅުވާލައިފައެވެ.

މިވަގުތު ކައުންސިލްތަކުގައި ހުސްވެފައިވާ ދާއިރާތަކުގެ ތެރޭގައި މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާ އަދި ވ. ރަކީދޫ ކައުންސިލުގެ އަންހެން މެންބަރު ހިމެނެއެވެ.

މި ކައުންސިލަރުން އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން 13 ޖެނުއަރީ 2024 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތާވަލު ކޮށްފައެވެ. އެގޮތުން، އެ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު އިންތިޚާބުގެ ރަސްމީ ނަތީޖާ 15 ޖެނުއަރީގައި އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް އެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި:

އީސީން ބުނީ ކައުސިލަރުންނަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ 27 ނޮވެންބަރު 2023 ގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދާ އެއްގޮތަށް އަންހެނުންނަށް އެކަނި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޖެނުއަރީ 13ގައި ބާއްވާ ބައި އިލެކްޝަނުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ މާލޭގެ މޭޔަރު ކަމަށެވެ. ބައެއް ސިޔާސީ ޕާޓީތަކުވަނީ އެ ގޮނޑިއަށް އެ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ވެސް ކަނޑައަޅައިފައެވެ. އެހެން ބައެއް ޕާޓީތަކުން ވަނީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައެވެ.

މާލޭ ސިޓީ ކައުންސިލްއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު