Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

އުނގޫފާރު އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގަން ހަވާލުކޮށްފި

އައިޔޫއެމްގެ ކޯސްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔެވުމުގެ ފުރުސަތު ފެތުރިގެން ދިއުމަކީ ރާއްޖެއާއި ރާއްޖޭގެ މުޖުތަމައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓާރު ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ނޮވެމްބަރު 2023 | އަންގާރަ 13:59
އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

އިސްލާމިކް ޔުނިވަރސިޓީ(އައިޔޫއެމް)ގެ ކެމްޕަސް ހިންގުމަށް ރ. އުނގޫފާރުގައި ހުރި އިސްލާމީ މަރުކަޒު ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު އައިޔޫއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރުއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ ނަމުން ނަންދެވިފައިވާ އެ މަރުކަޒުގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އޭނާގެ ހަނދާނުގައި ކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ. އަދި އައިޔޫއެމްގެ ކޯސްތަކަކީ ރާއްޖޭގެ އެންމެ އިލްމުވެރި އަދި ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުން ހިމެނޭހެން ތަރުތީބުކުރެވި އެކަށައެޅިފައިވާ ކޯސްތަކެއް ކަމަށާއި އެ ކޯސްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔެވުމުގެ ފުރުސަތު ފެތުރިގެން ދިއުމަކީ ރާއްޖެއާއި ރާއްޖޭގެ މުޖުތަމައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެ ޔުނިވަރސިޓީގެ ކޯސްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ރ. އަތޮޅަކީ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު އެ ސަރަހަައްދުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް އައު ކެމްޕަހުގެ ސަބަބުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި މިއީ އުތުރުގެ އެހެން ރަށްތަކުގެ ދަރިވަރުންނަށް އައިޔޫއެމުން ތައުލީމު ހާސިލްކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުވެސް ވަނީ އެ ޔުނިވަރސިޓީއާއި ހަވާލުކޮށްފައެވެ. މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެ ޔުނިވަރސިޓީގެ ތައުލީމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.

ރ. އުނގޫފާރު އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު