Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮޕާ އެމެރިކާ 2024

ޗިލީއާ އެއްވަރުކޮށް، ކެނެޑާ ކުއާޓާ ފައިނަލަށް

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު، ކެނެޑާ އިން ވަނީ ގްރޫޕް އޭގެ ދެ ވަނަ ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖޫން 2024 | އާދީއްތަ 05:27
ކެނެޑާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެެއިން

ކެނެޑާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެެއިން

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗިލީއާ އެއްވަރުކޮށް، ކެނެޑާ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ކެނެޑާ ނިކުތްއިރު އެ ޓީމު ވަނީ ކުރިން ކުޅުނު އެއް މެޗުން ބަލިވެ، އަނެއް މެޗުން މޮޅުވެފަ އެވެ. ޗިލީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެފައިވާއިރު، ދެ ވަނަ މެޗުން ވަނީ ބަލިވެފަ އެވެ.

އެހެންކަމުން ޗިލީ އަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ލިބެން އޮތީ ކެނެޑާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗިލީއާ ދެކޮޅަށް ކެނެޑާ އިން ކުޅުނު މެޗުން ބަަލި ނުވެ ފަރުޖައްސާލައިގެން އެ ޓީމަށް ކުއާޓާ ފައިނަލްގެ ފުރުސަތު އޮތްއިރު، މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު ކެނެޑާގެ ޑިފެންޑަރު އަލިސްޓެއާ ޖޯންސްޓަން ބޮލުން ފޮނުވާލި ބޯޅަ، ޗިލީގެ ގޯލު ކީޕަރު ގަބްރިއަލް އަރިއާސް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޗިލީގެ ވިކްޓޯ ޑެވިލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ކެނެޑާގެ ޖޮނަތަން ޑޭވިޑް، ޗިލީގެ އޭރިޔާ ކައިރިން އެ ޓީމުގެ ގޯލު ކީޕަރު ކައިރިން ނައްޓައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ. އެ ވަގުތު ޗިލީގެ ކީޕަރު ކެނެޑާގެ ޖޮނަތަން އަށް ފައުލް ކުރި ކަމަށް ބުނެ، އެ ޓީމު ކުޅުންތެރިން ވަނީ ޕެނަލްޓީ އަކަށް އެޕީލް ކޮށްފަ އެވެ. އޭގެ ފަހުން ޗިލީގެ އެލެކްސިސް ސަންޗޭޒް ފޮނުވާލި ބޯޅަ ކެނެޑާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު، ކެނެޑާ އިން ވަނީ ގްރޫޕް އޭގެ ދެ ވަނަ ހޯދައިފަ އެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ކެނެޑާއާ އެއްވަރުވެ ޗިލީ އަށް ލިބުނީ ގްރޫޕްގެ ތިން ވަނަ އެވެ. އެއީ ތިން މެޗުން ދެ ޕޮއިންޓު ހޯދައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު